މާލެ ސަރަހައްދުން 86، ރަށްރަށުން 59 މީހަކަށް ކޮވިޑް ޖެހިއްޖެ
މާލެ ސަރަހައްދުން 86، ރަށްރަށުން 59 މީހަކަށް ކޮވިޑް ޖެހިއްޖެ

ކޮވިޑު-19 އަށް މާލެ ސަރަހައްދުން 86 އަދި ރަށްރަށުން 59 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 3،493 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 167 މީހެކެވެ.

ރިސޯޓުތަކުން ވެސް 21 މީހަކަށް އަދި ސިނާއީ މަސައްކަތްކުރާ ރަށަކުން ވެސް މީހަކަށް ކޮވިޑް ޖެހިފައި ވެ އެވެ.

ބަލިން 145 މީހަކު ރަނގަޅުވެފައިވާތީ މި ވަގުތު ކޮވިޑްގެ އެކްޓިވް ކޭސްއަކީ 2،780 އެވެ.

ރާއްޖޭގައި މިހާތަނަށް 647،093 ސާމްޕަލް ޓެސްޓުކޮށްފައި ވެ އެވެ. އެ ތަނުން ޕޮޒިޓިވްވެފައިވަނީ 23،838 މީހުންނެވެ.