ގެއްލުނު ސިފައިންގެ މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ގެއްލުނު ސިފައިންގެ މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

ލ. މާބައިދޫ ޑައިމަންޑްވިލާ، އުމުރުން 28 އަހަރުގެ ފާރިޝް ސިފައިންގެ ޚިދުމަތާ ގުޅުނީ އޮކްޓޫބަރު 11، 2016 ގައި. އޭނާ މަރުވިއިރު، ގެންދިޔައީ އެމްްއެންޑީއެފް ސެންޓްރަލް އޭރިއާ، ކައްދޫގައި ތިން ހަފުތާގެ އަސްކަރީ ތަމްރީނު ކޯހެއް ފުރިހަމަ ކުރަމުން. ލާންސްކޯޕްރަލް ފާރިޝް މަސައްކަތް ކުރަމުން އައީ އެމްއެންޑީއެފްގެ މެރިން ޑިޕްލޮއިމަންޓް ޔުނިޓް 1 ގައި. އޭނާ މަރުވިއިރު ޒަވާޖީ ހަޔާތެއް ނުފައްޓާ.

ގެއްލުނު ސިފައިންގެ މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ގެއްލުނު ސިފައިންގެ މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

އެމްއެންޑީއެފުން ބުނިގޮތުގައި، ފާރިޝް އާއި ސިފައިންގެ އިތުރު ތިން މީހަކު މޫދަށް ފޭބީ ޑިއުޓީ އޮފް ގަޑީގައި މަސް ހިފަން ކަމަށް.

އެމްއެންޑީއެފުން ބުނީ، ފާރިޝްގެ ހަށިގަނޑު ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނުނީ މިރޭ 8:50 ހާއިރު ކަމަށް. އޭނާގެ ހަށިގަނޑު ފެނުނީ ކަނޑުގެ 12 މީޓަރުގެ އަޑިން ކަމަށް އެމްއެންޑީއެފުން ބުނި. ފާރިޝްގެ ހަށިގަނޑު އެމްއެންޑީއެފްގެ ލޯންޗަށް ނަގައިގެން ކައްދު އަށް މިހާރު ގެންދަނީ ކަމަށް އެމްއެންޑީއެފުން ބުނޭ.

ގެއްލުނު ސިފައިންގެ މީހާ މަރުވެފައި އޮއްވައި މީގެ އިރުކޮޅެއް ކުރިން ފެނިއްޖެ.

ލ. ކައްދޫގައި މިއަދު މޫދަށް އެރިއުޅެނިކޮށް ސިފައިންގެ އެކަކު ގެއްލި، ސިފައިންގެ އެހެން މީހަކު ގެނބިގެން ފަރުވާ ދެމުން އެބަ ގެންދެ އެވެ.

ކައްދޫގައި މަސައްކަތް ކުރާ ސިފައިންގެ ހަތަރު މީހަކު މޫދަށް އެރުނީ މިއަދު ހަވީރުގެ ވަގުތެއްގައި އެ މީހުންގެ އޮފް ޑިއުޓީގަ އެވެ. ގެއްލިގެން ހޯދަނީ ލާންސްކޯޕްރަލް ހުސެއިން ފާރިޝް އެވެ.

އެމްއެންޑީއެފުން ބުނީ، ފާރިޝް ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑުގެ ޑައިވަރުންގެ ޓީމުން ހުއްޓާނުލައި ކުރިއަށް ގެންދާ ކަމަށެވެ. ގެނބިގެން ލ. ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ސިފައިންގެ މީހާގެ ހާލު ރަނގަޅު ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

"އޭނާ ގެނބުނީ ގެއްލުނު ސިފައިންގެ މީހާ އޮއިގަނޑެއްގައި ޖެހި އަޑިއަށް ދާތީ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައި،" އެމްއެންޑީއެފުން ބުންޏެވެ.

ރީޖަނަލް ހޮސްޕިޓަލުން ބުނީ ގެނބުނު ސިފައިންގެ މީހާ މިހާރު ހޭ އަރާފައިވާ ކަމަށާއި އެތަނަށް ގެންދިޔަ އިރު ވަރަށް ގިނައިން އޭނާ އަށް ލޮނު ބޮވިފައިވާ ކަމަށެވެ.

މިއީ، މުޅި ރާއްޖެ އަށް ވެސް ކަނޑު ގަދަވެ، މޫސުން ވަރަށް ގޯސް ދުވަސްވަރެކެވެ.