ފިތުރު އީދާ ދިމާކޮށް ވާޗުއަލް ދުވުމެއް ބާއްވަނީ
ފިތުރު އީދާ ދިމާކޮށް ވާޗުއަލް ދުވުމެއް ބާއްވަނީ

"ވާޗުއަލް ކަލާ ރަން" ގެ ނަމުގައި ޔުނިކްސް ސްޕޯޓިސް އިން ފިތުރު އީދާ ދިމާކޮށް ރާއްޖޭގައި ވާޗުއަލް މެރެތަނެއް ދުވުމެއް ބާއްވަން އިއުލާންކޮށްފި އެވެ.

ފިތުރު އީދާ ދިމާކޮށް ވާޗުއަލް ދުވުމެއް ބާއްވަނީ
ފިތުރު އީދާ ދިމާކޮށް ވާޗުއަލް ދުވުމެއް ބާއްވަނީ

އަންނަ މެއި މަހު 14 ނޫނީ ފިތުރު އީދު ދުވަހު ބާއްވަން ނިންމާފައިވާ މި ދުވުމަކީ ރާއްޖެ އަށް މުޅިން އާ ކޮންސެޕްޓެއް ކަމަށް ޔުނިކްސް ސްޕޯޓްސް އިން ބުނެ އެވެ. އަދި މި ދުވުމުގެ އިންތިޒާމް މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދަން ނިންމާފައިވާއިރު، އެކަން ކުރުމަށް މަގުފަހިކުރުމުގެ ގޮތުން މި ދުވުން އިންތިޒާމްކުރާ ފަރާތުން އަންނަނީ ރަށްރަށުގެ ކައުންސިލާއި ކްލަބް ޖަމިއްޔާތަކާ މަޝްވަރާކުރަމުންނެވެ.

މީގެ ފަސް ދުވަސް ކުރިން މި މަހުގެ 25 ވަނަ ދުވަހު ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މުއްދަތު ހަމަވާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ދުވުމަށް ރަޖިސްޓްރީވުމަށް www.runformaldives.com ބޭނުންކުރެވޭނެ އެވެ.

ރެޖިސްޓްރޭޝަން ކުރިއަށްދާ ގޮތާއި މި އިވެންޓް ބާއްވަން ހަމަޖެހިފައިވާ ގޮތަށް ބަލާއިރު، އެންމެ ފުރަތަމަ ދުވުންތެރިން ޖެހޭނީ ޓީމެއްގެ ގޮތުގައި ކުލައެއް ނަގާށެވެ. އެ އަށް ފަހު އަންނަ މަހުގެ 30 އިން މެއި 10 ވަނަ ދުވަހާ ހަމައަށް އޮންނާނީ ރޭހުގައި ބޭނުންކުރާ ޓީޝާޓާއި ބިބް ފަދަ ތަކެތި ހަވާލުކުރުމެވެ.

މެއި 14-17 ވަނަ ދުވަހަށް ކުރިއަށްދާ މި ދުވުން ކާމިޔާބުކުރާ ޓީމެއް ކަނޑައަޅާނީ ކަވަރުކުރާ ޑިސެންޓެންސަށް ބެލުމަށް ފަހު އެވެ. ދުވުމާއި ހިނގުން ވެސް ހިމެނޭ މި ވާޗުއަލް ދުވުމުގައި މަދުވެގެން ފަސް ކިލޯމީޓަރު ކަވަރުކުރަން ޖެހެ އެވެ.

ޔުނީކް ސްޕޯޓްސް އިން ވަނީ މީގެ ކުރިން ވެސް މި ފަދަ އިވެންޓްތައް ބާއްވައިފަ އެވެ.