54 ރަށެއްގައި ކޮވިޑްގެ ބަލި މީހުން އެބަތިބި
54 ރަށެއްގައި ކޮވިޑްގެ ބަލި މީހުން އެބަތިބި

ކޮވިޑް-19ގެ ބަލި މީހުން ރާއްޖޭގެ 54 ރަށެއްގައި އެބަތިބި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފި އެވެ.

މި ފަހަކުން ރަށްރަށުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. އެޗްއީއޯސީން ބުނިގޮތުގައި ރާއްޖޭގެ ގިނަ ރަށްތަކަކުން، ޖުމްލަ 471 ދިވެހިން ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެތެރެއިން 337 މީހުންނަކީ ދިވެހިންނެވެ.

ރާއްޖޭގެ 54 ރަށެއްގައި ކޮވިޑްގެ ބަލި މީހުން ތިބި އިރު އޭގެ ތެރޭގައި ލ. އަތޮޅު ނޫން ހުރިހާ އަތޮޅެއް ހިމެނެ އެވެ.

- ކ. ހުރާ: 96 މީހުން

- ޅ. ފެލިވަރު: 71 މީހުން

- ކ. ދިއްފުށި: 47 މީހުން

- ޅ. ނައިފަރު: 30 މީހުން

ދ. ކުޑަހުވަދޫ: 26 މީހުން

ރަށްރަށުގައި ބަލި ޖެހުނު މީހުންގެ ތެރެއިން، ގިނަ މީހުންނަކީ ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ. އެކަމަކު ކޮވިޑްގެ ބަލި އެންމެ ބޮޑު ރަށްތަކުގައި މިހާރު އޮތީ ކޮމިއުނިޓީ ސްޕެރެޑެކެވެ. އެހެންވެ، އެ ފަސް ރަށުގެ އިތުރުން، ރ. އުނގޫފާރާއި ދ. މީދު އާއި ރ، މަޑުއްވަރި އާއި އެ އަތޮޅު ހުޅުދުއްފާރާއި އަލިފުށީގެ އިތުރުން ޅ. އޮޅުވެލިފުއްޓާއި ގދ. ތިނަދޫ އަށް މީހުން އަރާ ފޭބުން ވަނީ މަނާކޮށްފަ އެވެ.

އިއްޔެ އަކީ، ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިފަހުން، މާލެ ސަރަހައްދަށް ވުރެ ގިނައިން ރަށްރަށުން މީހުން ޕޮޒިޓިވްވި ފުރަތަމަ ދުވަހެވެ.