ބުލީކުރަމުން ދިޔަ ކުދިންތަކެއް ބަދަލުވި ހަގީގީ ހާދިސާއެއް
ބުލީކުރަމުން ދިޔަ ކުދިންތަކެއް ބަދަލުވި ހަގީގީ ހާދިސާއެއް

ހަނގާކުރުން ނުވަތަ ބުލީ ކުރުމަކީ ވަރަށް ގިނަ މުޖުތަމައުތަކުގައި ބޮޑުވެފައިވާ މައްސަލައެކެވެ. ފުރާވަރުގެ ކުދިންގެ މެދުގައި މި މައްސަލަ ވަކިން ބޮޑެވެ. މިކަމާ ގުޅުން ހުރި ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.

ބުލީކުރަމުން ދިޔަ ކުދިންތަކެއް ބަދަލުވި ހަގީގީ ހާދިސާއެއް
ބުލީކުރަމުން ދިޔަ ކުދިންތަކެއް ބަދަލުވި ހަގީގީ ހާދިސާއެއް

އެއްވެސް ހާލަތެއްގައި އެއްވެސް މީހަކު އެހެން މީހަކަށް ބުލީކުރާކަށް ނުވާނެ އެވެ. ބުލީގެ ޝިކާރައަކަށްވާ މީހުންގެ ހިތާއި ސިކުނޑިއަށް ބޮޑެތި އަނިޔާތަކެއް ލިބެ އެވެ. މިއީ ބުލީކުރުމުގެ ހާދިސާއަކާ ގުޅޭ ގޮތުން ތައިލެންޑުގެ ޓީވީ ޗެނެލަކުން ގެނެސްދިން ފުރާވަރުގެ ފިރިހެން ކުއްޖެއްގެ ހަގީގީ ވާހަކަ އެކެވެ.

ބުލީކުރަމުން ދިޔަ ކުދިންތަކެއް ބަދަލުވި ހަގީގީ ހާދިސާއެއް
ބުލީކުރަމުން ދިޔަ ކުދިންތަކެއް ބަދަލުވި ހަގީގީ ހާދިސާއެއް

ތައިލެންޑްގެ ވަރަށް ފަގީރު ހިސާބެއްގައި ދިރިއުޅޭ މި ފިރިހެންކުއްޖާއަށް ބުލީކުރުމަކީ އޭނާއާ އެކު ކުލާހުގައި ކިޔަވާ ކުދިންގެ ކޮންމެ ދުވަހެއްގެ ވެސް އާދައެކެވެ. މި ކުއްޖާއަށް ބުލީ ކުރަނީ އޭނާ ކަރުބުޑުން ނެރޭ އަޖައިބެއް ކަހަލަ އަޑެއްގެ ސަބަބުންނެވެ. އަދި އެ ކުއްޖާއަށް ގިޓާ ކުޅެން ނޭނގޭއިރު ވެސް ގިޓާ ކުޅޭތީ އެވެ.

ބުލީކުރަމުން ދިޔަ ކުދިންތަކެއް ބަދަލުވި ހަގީގީ ހާދިސާއެއް
ބުލީކުރަމުން ދިޔަ ކުދިންތަކެއް ބަދަލުވި ހަގީގީ ހާދިސާއެއް

ނަމަވެސް އެ ކުއްޖާއަށް ބުލީ ކުރަމުންދިޔަ ކުދިންނަށް އެއް ދުވަހަކު އެ ކުއްޖާ އެކަން ކުރާ ސަބަބު ހާމަވި އެވެ. އޭނާ އެއްވެސް ކަހަލަ ހަމައެއް ލަމައެއް ނެތި އެ ކިޔާ ލަވައިގެ ހަގީގަތަކީ ކޮބައިކަން އެކުދިންނަށް އެ ދުވަހު ވިސްނުނެވެ. އެއަށްފަހު ހުރިހާ ކުދިން ވީ ދެރައިންނާއި ގަތް ލަދުން ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައި ތިއްބެވެ.ބުލީ ކުރި ކުއްޖާއާ މެދު އެކުދިން ދެކޭ ގޮތް މުޅިން ބަދަލުވެގެން ދިޔަ އެވެ.

މި ކުއްޖާ ކޮންމެ ދުވަހަކު ސްކޫލަށް ދަނީ ގިޓައެއް ހިފައިގެންނެވެ. އެހެންވެ އޭނާގެ ކްލާސްކުދިން ހީކުރަނީ އަބަދު ގިޓާ ހިފައިގެން އުޅޭނީ ގިޓާ ޖަހަން ވަރަށް މޮޅު ކުއްޖެއް ވީމާ ކަމަށެވެ.

މި ކުއްޖާގެ ކިބައިން ގިޓާ ކުޅެލާ ލަވައެއް ކިޔާލަދިނުމަށް އެކުދިން އެދުނެވެ. އަދި ކުއްޖާ ގިޓާ ކުޅޭ މަންޒަރު މިކުދިން ރެކޯޑް ކުރި އެވެ. އެކުދިންނަށް އެނގުނީ މި ކުއްޖާއަކީ ލަވަކިޔުމާއި ގިޓާ ކުޅުން އެއްވެސް ވަރަކަށް އެނގިގެން އެކަން ކުރާ ކުއްޖެއް ނޫން ކަމެވެ. ގިޓާ ކުޅޭއިރު އެ ކުއްޖާ ނެރެނީ ވަރަށް މަޖާ އަޑެކެވެ. އަދި އޭނާގެ ގިޓާ ކުޅުމުގެ ހުނަރުވެސް ހަމަ އެވަރެވެ.

މި ކުއްޖާގެ ވީޑިއޯ އަކީ ބުލީކުރާ ކުދިންނަށް މަޖާ ނަގަން ލިބުނު ވަރަށް ރަނގަޅު އެއްޗަކަށްވި އެވެ. އެ ވީޑިއޯ ބަލަބަލާފައި މި ކުދިން ހީނ ވަރަށް މަޖާކޮށް އެކުއްޖާއަށް މަލާމާތްކުރި އެވެ. އަދި ސޯޝަލް މީޑިއާއަށް އެ ވީޑިއޯ ލާން ވެސް އެކުދިން ވާހަކަ ދެއްކި އެވެ.

"ކަލެއަކީ ފަރުބަދައެއް ނަމަ އަހަންނަކީ ފަރުބަދައިގެ ވަށައިގެންވާ ގަސްތަކެވެ. ބައްދާލައި ފިނިން ސަލާމަތްކުރުމަށް ހުންނަ ގަސްތަކެވެ." އެ ކުއްޖާގެ ލަވައިގައި ކިޔަނީ މިފަދަ ވާހަކަ ތަކެކެވެ.

އޭގެ ފަހުން އެ ކުއްޖާއާ އެ ކުދިންނާ ބައްދަލުވާ ކޮންމެ ފަހަރަކު އެ ހުރިހާ ކުދިން ވެގެން އެ ކުއްޖާއަށް މަލާމާތްކޮށް ހަޑި ހުތުރު ބަސްތައް ގޮވާ ހަދަ އެވެ. ނަމަވެސް މި ކުއްޖާ އަޅައެއް ނުލަ އެވެ.

ބުލީކުރާ ކުދިންތައް މަގުމަތިން ދަނިކޮށް އެކުދިން ހީނުކުރާ ކަހަލަ މަންޒަރެއް ފެނުނެވެ. އެއްކަލަ ކުއްޖާ މަގުމަތީގައި ގިޓާ ޖަހައި ލަވަ ކިޔައިގެން ފައިސާ ހޯދާ މަންޒަރެވެ.

އެދުވަހު އެކުދިންނަށް އެ ކުއްޖާ އެ ކިޔާ ލަވައިގެ މާނަ އެނގުނެވެ. އަދި މީހުންގެ މަލާމާތާއި ފުރައްސާރަ ކުރުމާއެކު ވެސް ފައިސާ ހޯދަން މަގުމަތީގައި ގިޓާ ކުޅެ ލަވަކިޔަން އެ ކުއްޖާ އިންނަނީ ގިނަ އަދަދެއްގެ ފައިސާގެ ބޭނުން ޖެހިފައިވާތީ ކަން އެ ކުދިންނަށް އެ ދުވަހު ވިސްނުނެވެ.

އެ ކުއްޖާގެ ހުންނަނީ ހަމައެކަނި މަންމަ އެކެވެ. އެމަންމައަށް ވަނީ ކެންސަރު ޖެހިފަ އެވެ. މަންމަގެ ބައްޔަށް ފަރުވާކުރުމަށް އެ ކުއްޖާއަށް ގިނަ އަދަދެއްގެ ފައިސާ ހޯދަން ޖެހިފައިވެ އެވެ. އަޑު ކިތަންމެ ހުތުރަސް، ގިޓާ ކުޅެން ނޭނގުނަސް އެކުއްޖާ އެކަން ކުރަނީ އެހެންވެ އެވެ.

ބުލީކުރަމުންދިޔަ ކުދިންނަށް ހަގީގަތް އެނގުމުން ހުރިހާ ކަމެއް ބަދަލުވި އެވެ.

އެ ކުއްޖާ މަގުމަތީގައި ގިޓާ ކުޅެ ލަވަކިޔަން އިންދާ އޭނާއަށް ބުލީކުރި ކުދިންތަކުގެ ތެރެއިން ކުއްޖަކު އެ ކުއްޖާގެ ކައިރިއަށް ދިޔަ އެވެ. އަދި އެ ކުއްޖާގެ ގިޓާ ޓިއުން ނުވާ ކަމަށް ބުނެ ގިޓާ ރަނގަޅު ކޮށްދިނެވެ.

ހަގީގަތުގައި އެ ކުއްޖާ މަންމަ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އެ ކުއްޖާއަކަށް އެހެން ކުދިން އޭނާއަށް ބުލީކުރުން މާ ބޮޑު ކަމަކަށް ނުވެ އެވެ. ބުލީ ކުރިޔަސް މަންމަގެ ފަރުވާއަށް ކޮންމެހެން ބޭނުންވާ ފައިސާގެ ތެރެއަށް އެންމެ ފައިސާފޮއްޗެއް އިތުރުވިޔަސް އެކުއްޖާއަށް މާ ރަނގަޅެވެ.

ޚުދް އޭނާއަށް ވެސް އޭނާގެ އަޑު ހުތުރުކަމާއި ގިޓާ ކުޅެން ނޭނގޭކަން ވިސްނެ އެވެ. ނަމަވެސް އޭނާގެ އަޑުގައި ހުރި ކުރަކިކަމާއި ގިޓާ ޖަހަން ނޭނގުމަކީ ވެސް މީހުން އެކުއްޖާގެ ކައިރިއަށް ހަނގާ ކުރަން ނަމަވެސް އަންނަ ސަބަބަކަށް ވާތީ އެ ކުއްޖާ އުފާވެ އެވެ.