29 މާޗް 2021 - 11:10

ތެޔޮ އުފުލާ ދޯންޏެއް، ތިން މީހުންނާއެކު މިއަދު ހެނދުނު އަޑިއަށް ހިނގައްޖެ އެވެ.
އެމްއެންޑީއެފުން ބުނީ، ހުޅުމާލެ ފޭސް 2 އާ ދިމާލުން ކަނޑުގެ ސަރަހައްދުގައި ދޯނި އަޑިއަށް ގޮސްފައިވާތީ އެ ސަރަހައްދުގައި އެމްއެންޑީއެފް މާލެ ސަރަހައްދުގެ ކޯސްޓްގާޑު ސްކެއަޑްރޮން އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ ދޯނީގައި ތިބި މީހުން ވަނީ ސަފާރީއަކަށް ނަގައިފަ އެވެ.
މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ހާދިސާތައް ހިނގާ ކަމުގެ ރިޕޯޓުތައް މިއަދު ލިބެމުންދާ ކަމަށް ވެސް ބުންޏެވެ. އެހެންވެ، ދަތުރުކުރުމުގައި ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.