ރޯދަ މަހާ ދިމާކޮށް ފިޔަވަޅުތަކަށް ލުއިދޭން މަޖިލީހަށް ކުއްލި މައްސަލައެއް
ރޯދަ މަހާ ދިމާކޮށް ފިޔަވަޅުތަކަށް ލުއިދޭން މަޖިލީހަށް ކުއްލި މައްސަލައެއް

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ރޯދަ މަހާ ދިމާކޮށް ލުއިދޭން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިިރު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކަށް އެއް އަހަރުވީއިރު، އޭގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ގެއްލި އަދި އިގްތިސާދީ ގޮތުން ދަތިތަކާ ކުރިމަތިވެ އަދިި ދަރަނިވެރި ވެފައިވާ ކަމަށެވެ. އަދި ރޯދަ މަސް ގާތްވަމުން އަންނާތީ ރައްޔިތުންނަށް އުފާވެރިކަން ގެނެސް ދިނުމުގެ ގޮތުން، ފިޔަވަޅުތަކަށް ލުއި ދޭން މުއައްސަސާތަކުގެ މައްޗަށް ބާރު އެޅުމަށް މަޖިލީހުން ފާސްކޮށް ދިނުމަށް އެދޭ ކަމަށެވެ.

ކޮވިޑް-19 ގެ ދެވަނަ ރާޅާ އެކު ފިޔަވަޅުތައް މިއަހަރު ކުރީކޮޅު ވަރުގަދަ ކުރިޔަސް، އަނެއްކާވެސް ދަނީ ފިޔަވަޅުތަކަށް ލުއި ދެމުންނެވެ. ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ މާޗް މަހުު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް އަހަރަށް ވުރެ ގިިނަ ދުވަސް މިހާރު ވަނީ ވެފަ އެވެ.