28 މާޗް 2021 - 22:41

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު 121 މީހަކު ޕޮޒިޓިވްވެ، އަތޮޅު ތެރެއިންނާއި ރިސޯޓްތަކުން ޕޮޒިޓިވްވި މީހުން ފުރަތަމަ ފަހަރަށް މާލެއަށް ވުރެ އިތުރުވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވީ 49 މީހުން ކަމަށެވެ. ދެން ތިބީ އަތޮޅު ތެރެއިންނާއި ރިސޯޓްތަކާއި ސިނާއީ ސަރަހައްދުން ޕޮޒިޓިވްވި މީހުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 23،500 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، މިވަގުތު ފަރުވާ ދެނީ 2،728 މީހަކަށެވެ. އޭގެ ތެރެއިން 93 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
ކޮވިޑް-19 ގައި ރާއްޖެއިން ވަނީ 66 މީހަކު މަރުވެފަ އެވެ.