36 މިލިއަން ޑޮލަރުގެ ބޮންޑެއް ނަގައިގެން ރާއްޖޭގައި ރިސޯޓެއް ހަދަނީ
36 މިލިއަން ޑޮލަރުގެ ބޮންޑެއް ނަގައިގެން ރާއްޖޭގައި ރިސޯޓެއް ހަދަނީ

ދުނިޔޭގެ ހޮސްޕިޓާލިޓީ ދާއިރާގެ ބޮޑެތި މަޝްރޫއުތަކަށް ފަންޑު ކުރާ "މޯޓީޒާ ހޮސްޕިޓާލިޓީ ބޮންޑް" އިން ރާއްޖޭގައި ރިސޯޓެއް ތަރައްގީ ކުރަން 39 މިލިއަން ޑޮލަރު (600 މިލިއަން ރުފިޔާ) ގެ ބޮންޑެއް ވިއްކައިފި އެވެ.

އިނގިރޭސި ވިލާތުގެ ބެޑްފޯޑް ރޯ ކެމިޓަލް (ބީއާރްސީ) މެދުވެރިކޮށް ހިންގި މި މާލީ މުއާމަލާތުގެ ދަށުން ވިއްކި ބޮޑު ވަނީ ފްރޭންފުޓް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓު ކޮށްފަ އެވެ. މި ބޮންޑުން ލިބޭ ފައިސާ އިން ރެއިންބޯ ކޮންސްޓްރަކްޝަންގެ ދަށުން ހިންގާ މޯލްޑިވްސް ކެރެދޫ އިންވެސްޓްމެންޓްގެ ރިސޯޓަކަށް ހޭދަކުރާނެ އެވެ. މިއީ ތިމާވެއްޓާ ރައްޓެހި ކޮންސެޕްޓަކަށް ތަރައްގީ ކުރާ މިޑް ރޭންޖް ރިސޯޓެކެވެ.

މި ރިސޯޓުގެ ދުވާލުގެ ކަރަންޓުގެ 40 ޕަސެންޓް ސޯލާ ހަކަތައިން އުފެއްދުމަށް ވަނީ ރާވައިފަ އެވެ. އެއް ފަހަރު ބޭނުންކޮށް އުކައިލާ ޕްލާސްޓިކް ބޭނުން ނުކުރާ،އިރު ނަރުދަމާގެ ނިޒާމު ވެސް ގާއިމު ކުރާނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށެވެ.

ބީއާރްސީގެ ސީއީއޯ ޑރ ސްކޮޓް ލެވީ ވިދާޅުވީ، ކޮވިޑް ކަހަލަ އުނދަގޫ ހާލަތުގައި ވެސް މިފަދަ އިންވެސްޓްމެންޓަކަށް ފައިނޭންސް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ފުރިހަމަ ކަމެއް ކަމަށެވެ. ބީއާރްސީން އަބަދުވެސް މަސައްކަތް ކުރަނީ ޕްރޮޖެކްޓްތަކަށް ފައިސާ ހަމަޖެއްސުމުގައި އެންމެ އަގު ހެޔޮ ގޮތްތައް ހޯދައިދޭން ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮންޑު ދޫކުރި މޯޓީޒާ ހޮސްޕިޓާލިޓީ ބޮންޑުން ބުނީ ހޮސްޕިޓާލިޓީގެ އެންމެ ކާމިޔާބު ޕްރޮޖެކްޓްތަކަށް ހިންގާފައިވާ އެއް މަންޒިލަކީ ރާއްޖެ ކަމަށާއި ކޮވިޑްގެ ހާލަތުގައި އެކަން ރާޢްޖެ އިން ޔަގީން ކޮށްދެމުން އަންނަ ކަމަށެވެ.

ރާއްޖޭގައި އެންމެ ކާމިޔާބު ކަމާ އެކު ހިންގާ ވިޔަފާރިތައް އެންމެ ގިނައީ ޓޫރިޒަމް ދާއިރާގަ އެވެ. މި ދާއިރާގައި މިހާރު ވެސް ހޮސްޕިޓާލިޓީ ދާއިރާގެ ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުން އަންނީ ރިސޯޓުތައް ހިންގަމުންނެވެ.