25 މާޗް 2021 - 22:36

ރާއްޖޭގައި މިއަދު ކޮވިޑް-19 ގެ 162 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހިސާބުތަކުން ދައްކައިފި އެވެ.
އެޗްޕީއޭއިން މިރޭ އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރޭ 6:00 އިން މިރޭ 6:00 އާ ހަމައަށް މާލެ ސަރަހައްދުން 99 މީހަކަށް އަދި އަތޮޅު ތެރެއިން 45 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އަދި ރިސޯޓުތަކުން 15 މީހަކު ވެސް ކޮވިޑަށް ޕޮޒިޓިވި ކަމަށް ހިސާބުތަކުން ދައްކަ އެވެ.
ކޮވިޑް ޖެހިގެން 103 މީހަކު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
އެ 24 ގަޑިއިރު ތެރޭގައި ރާއްޖޭގައި 2444 މީހުން ވެކްސިން ޖަހާފައިވާ ކަމަށް ވެސް އެ ތަނުން ބުންޏެވެ. މާލެ ސަރަހައްދުން ވެކްސިން ޖެހީ 1392 މީހުންނެވެ. އަދި އަތޮޅު ތެރެއިން ވެކްސިން ޖެހީ 1052 މީހުންނެވެ.
ރާއްޖޭގައި މިހާތަނަށް 23،091 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު 227،000 މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ.