25 މާޗް 2021 - 20:15

އުތުރުގެ ބައެއް ރަށްތަކަށް ލައްގާފައިވާ މަސްތުވާތަކެތީގެ ތެރެއިން މިހާތަނަށް 77 ޕެކެޓް ހޯދައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އުތުރުގެ ބައެއް އަތޮޅުތަކަށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ލައްގަމުން ދިއުމާ ގުޅިގެން ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަން ފުލުހުން މިއަދު ވަނީ ނިންމާލާފަ އެވެ.
ފުލުހުން ބުނީ ހއ. ހދ. އަދި ށ. އަތޮޅުގެ ބައެއް ރަށްރަށުން ޖުމުލަ 77 ޕެކެޓް ފެނިފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އުތުރުގެ ބައެއް ރަށްތަކުން ޕެކެޓުތަކެއްގައި ބަންދުކޮށްފައި ހުރި ހުދު ކުލައިގެ އެއްޗެހިތަކެއް ފެންނަން ފެށީ މިދިޔަ އަދީއްތަ ދުވަހުން ފެށިގެނެވެ. އޭގެ ތެރެއިން ބައެއް ތަކެތި ހުރީ ގޯނިތަކަށް އަޅައި ބޭރު ނުފެންނަ ގޮތަށް ބަންދުކޮށްފަ އެވެ.