ބޭންކުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަން އާ އުކުޅުތަކެއް ބޭނުންކުރާތީ ސަމާލުވާން އެދެފި
ބޭންކުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަން އާ އުކުޅުތަކެއް ބޭނުންކުރާތީ ސަމާލުވާން އެދެފި

އޮޅުވާލައިގެން ފައިސާ ހޯދަން ބޭންކުގެ ނަމުގައިއާ އުކުޅުތަކެއް ބޭނުންކުރާތީ އެކަމަށް ސަމާލުވާން ބީއެމްއެލް އިން މިއަދު އެދެފި އެވެ.

ބީއެމްއެލް އިން ނެރުނު އިއުލާނެއްގައި ބުނީ މިހާރަކަށް އައިސް އެ ބޭންކުގެ ނަމުގައި އެކައުންޓާއި ކާޑުގެ މައުލޫމާތު ހޯދުމަށާއި ސިސްޓަމް މައްސަލައަކާ ގުޅިގެން އެކައުންޓުގައި ހުރި ފައިސާ އެހެން އެކައުންޓަކަށް ޖަމާކުރުމަށް އެދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކަސްޓަަމަރުންނަށް ގުޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ މިގޮތަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދާރީ ނުވުމަށް އެ ބޭންކުން އިލްތިމާސް ކުރެ އެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުން އެއްވެސް ކަސްޓަމަރެއްގެ ޒާތީ މައުލޫމާތު ހޯދަން ނުގުޅާނެ ކަމަށެވެ. އަދި އެކައުންޓުގައި މައްސަލައެއް ދިމާވެގެން އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ބޭންކުން އެއްވެސް ހާލަތެއްގައި ނޭދޭނެ ކަމަށެވެ.

ބޭންކުން މޮަބައިލް ނަންބަރުތައް ބޭނުންކޮށްގެން ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހޯދަން އެއްވެސް އިރެއްގައި ނުގުޅާނެ ކަމަށް މީގެ ކުރިން ވެސް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

މިގޮތަށް އެއްވެސް މީހަކު ގުޅައިފި ނަމަ ވީހާވެސް އަވަހަށް އެ މައުލޫމާތު ބޭންކާ ހިއްސާ ކުރުމަށް ބީއެމްއެލް އިން ވަނީ އެދިފަ އެވެ. ބޭންކުގެ ނަންބަރު 3330200 ބޭނުންކޮށްގެން މި މައުލޫމާތު ހިއްސާކުރެވޭނެ އެވެ.