26 މާޗް 2021 - 09:46

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި "ލުއިކޮށް" ހިޔާލުފާޅުކުރެވޭ އެންމެ ފަސޭހަ ގޮތަކީ އިމޯޖީ ކަމަށް ވިޔަސް ޓްވިޓާގައި އަށް އެއީ ބީރައްޓެހި އެއްޗެކެވެ. ލައިކް ބަޓަންގެ "ހިތް" ނޫނީ ހާއްސަކަމެއް ހުރި އެއްޗެއް ނެތެވެ.
ޓެކް ޚަބަރުތައް ބުނާ ގޮތުން ޓްވިޓާ އިން ވެސް އެ ޕްލެޓްފޯމަށް އިމޯޖީގެ ފައުޖެއް ގެންނާނެ އެވެ. އެހެންވެ ޓްވިޓާ ބޭނުންކުރާ ބައެއް މީހުންގެ ބައިވެރިކޮށްގެން މިހާރު އަންނަނީ އިމޯޖީތައް އިތުރުކުރާނެތޯ ނޫންތޯ ބެލުމަށް ސާވޭއެއް ހަދަމުންނެވެ. މީޑިއާތަކުން ބުނީ އެ ސާވޭ ފަށާފައި ވަނީ މިދިޔަ މަހުގެ ތެރޭގައި ކަމަށެވެ.
މި ސާވޭގެ ވާހަކަ ބައެއް މީހުން ޓްވިޓާގައި ވެސް ހިއްސާކޮށްފައިވެ އެވެ.
ކުރިން އަޑު އަރާފައިވާ ގޮތުން "ޓްވިޓާ" ގެ ހިތް ދުއްވައިލަން ވެސް ޖެކް ޑޯޒީގެ ޓްވިޓާ އިން ވިސްނި އެވެ. އެކަމަކު އެ ހިޔާލު ވެސް ދޫކޮށްލައި، އިތުރު ޝުއޫރުތައް ފާޅުކުރެވޭ ގޮތަށް އިމޯޖީތައް ތައާރަފުކުރާނެ އެވެ. އޭގެ ތެރޭގައި ލާފިން ފޭސް ވިތު ޓިއާޒް، ތިންކިން ފޭސް، ކްރައިން ފޭސް، ޝޮކްޑް ފޭސް، އެންގްރީ ފޭސް އަދި ފަޔާ ހިމެނެ އެވެ.
މީގެ އިތުރުން ޑައުންވޯޓް/ޑިސްލައިކް ބަޓަނެއް އައުމަކީ ވެސް ކުރިމަގުގައި ޓްވިޓާ އިން ފެނިދާނެ ބަދަލެއް ކަމަށް މީޑިއާތަކުން ބުނެ އެވެ.
ޓްވިޓާގެ ތަރުޖަމާނު ވާޖް އަށް ވިދާޅުވި ގޮތުގައި ބޭނުމަކީ ޓްވިޓާ އަށް ދޫކޮށްލާ ޕޯސްޓްތަކަށް ވީހާ ވެސް ގިނަ ޝުއޫރުތައް ބަންޑުންކޮށްލެވޭނެ ގޮތް ހެދުމެވެ.
"އެކަމަކު މި ބުނާ ކަހަލަ ބަދަލުތަކެއް ގެންނާނެ ވަކި ޓައިމްފްރޭމެއް ނެތް. މި މަސައްކަތުގެ ތަންކޮޅެއް ކުރީ މަރުހަލާއެއްގައި އަހަރެމެން އަދި މި ތިބީ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ޓްވިޓާގެ ޑިޒައިން ޗީފް ޑޭންޓްލީ ޑޭވިސް ވިދާޅުވި ގޮތުގައި "ހައިރާންވާވަރުގެ ބަދަލެއް މާ ދުރު ނޫން މުސްތަގުބަލެއްގައި ފެނިދާނެ" އެވެ.