މިދިޔަ 24 ގަޑިއިރު ކޮވިޑްގެ އިތުރު 128 ކޭސް
މިދިޔަ 24 ގަޑިއިރު ކޮވިޑްގެ އިތުރު 128 ކޭސް

މިއަދު އިތުރު 128 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނި ގޮތުގައި މިއަދު ވެސް އެންމެ ގިނަ މީހުންނަށް ބަލި ޖެހުނީ މާލޭ ސަރަހައްދުންނެވެ. އެގޮތުން މާލޭ ސަރަހައްދުން 91 މީހަކު ޕޮޒިޓިވްވި އިރު، ރަށްރަށުން 11 މީހަކަށް ވަނީ ބަލިޖެހިފަ އެވެ. އަދި ރިސޯޓަކުން 26 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އެކްޓިވް ކޭސްގެ ގޮތުގައި މިހާރު 2،491 މީހުން އެބަތިއްބެވެ. އަދި އޭގެ ތެރެއިން 102 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގަ އެވެ.

ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 22،700 އަށް ވުރެ މަތިވެފަ އެވެ. އަދި މިހާތަަނަށް 66 މީހަކު މަރުވެއްޖެ އެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި އަދިވެސް ހަމައަކަށް ނޭޅޭއިރު، މިހާރު ރަށްރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.