އުރީދޫން އާޗާ ޕްރިޕެއިޑްގެ އާ ޕްލޭނެއް ތައާރަފުކޮށްފި
އުރީދޫން އާޗާ ޕްރިޕެއިޑްގެ އާ ޕްލޭނެއް ތައާރަފުކޮށްފި

އުރީދޫގެ އާޗާ ޕްރިޕެއިޑްގެ ދަށުން "އާޗާ ޑެއިލީ 2ޖީބީ" ޕްލޭނެއް މިއަދު ތައާރަފުކޮށްފި އެވެ.

މި ޕްލޭނާ އެކު އެއް މަސް ދުވަސް ވަންދެން ކޮންމެ ދުވަހަކު 2ޖީބީ ޑޭޓާ އާ އެކު އަންލިމިޓެޑް އުރީދޫ ކޯލްސް 750ރ. އަށް ލިބޭނެ އެވެ. އުރީދޫ އެޕް މެދުވެެރިކޮށް ނުވަތަ "ޔޫޑީ 750" ޖެހުމަށްފަހު 5555 އަށް އެސްއެމްއެސް ކޮށްގެން ވެސް މި ޕްލޭން އެކްޓިވޭޓް ކުރެވޭނެ އެވެ.

މީގެ އިތުރުން 929#1 އަށް ޑަޔަލް ކޮށްލުމުން ވެސް އުރީދޫގެ ޑެއިލީ 2ޖީބީ ޕްލޭން އެކްޓިވޭޓް ކުރެވޭނެ އެވެ.

އާ ކަސްޓަމަރުންނަށް އާޗާ ޕްރިޕެއިޑް އެކްޓިވޭޓް ކުރެވޭނީ އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕާޓްނާ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑަށް ޕްރިޕެއިޑް ޕްލޭނެއް ނެގުމަށްފަހު އެވެ.

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ މި ޕްލޭނާ އެކު މުޅި މަހަށް ބަހާލައިގެން މާކެޓުގެ އެންމެ ހެޔޮ އަގުގައި ބޮޑު ޑޭޓާ އެލަވެންސެއް ލިބޭނެ ކަމަށެވެ. އަދި އުރީދޫން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންގެ ބޭނުންތަކަށް އެކަށޭނަ ގޮތަށް ޕްރޮޑަކްޓްތައް ފަރުމާކޮށް، އިތުރު ފުރިހަމަކަމާއެކު ފޯރުކޮށްދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.