ޓްރަމްޕް ސަރުކާރުގެ މަގާމުތަކަށް މީހުން ހަމަޖައްސަން ފަށައިފި
ޓްރަމްޕް ސަރުކާރުގެ މަގާމުތަކަށް މީހުން ހަމަޖައްސަން ފަށައިފި

ވޮޝިންޓަން (ނޮވެމްބަރު 14) - އެމެރިކާގެ ރައީސް ކަމުގެ މަގާމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުގެ އިސް މަގާމުތަކަށް މީހުން ހަމަޖައްސަން ފަށައިފި އެވެ.

ޓްރަމްޕް ސަރުކާރުގެ މަގާމުތަކަށް މީހުން ހަމަޖައްސަން ފަށައިފި
ޓްރަމްޕް ސަރުކާރުގެ މަގާމުތަކަށް މީހުން ހަމަޖައްސަން ފަށައިފި

ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފުގެ މަގާމަށް ހަމަޖައްސާފައި ވަނީ ރިޕަބްލިކަން ނޭޝަނަލް ކޮމިޓީ (އާރުއެންސީ) ގެ ޗެއާމަން ރެއިންސް ޕްރީބަސް އެވެ. ޓްރަމްޕުގެ އެންމެ އިސް އެޑްވައިޒަރުގެ މަގާމަށް އައްޔަން ކޮށްފައި ވަނީ ބްރެއިބާޓް ނިއުސް ނެޓްވޯކުގެ އެގްޒެކެޓިވް ޗެއާމަން ސްޓެފަން ބެނޮން އެވެ. ޓްރަމްޕުގެ ކެމްޕޭނުގައި މަސައްކަތް ކުރުމަށް ބެނޮން ވަނީ ބްރެއިބާޓް ނިއުސް އިން އެއް ފަރާތްވެފަ އެވެ.

ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ދެ ދައުރު ނިމުމުން ރައީސް ކަމާ ޑޮނަލްޑް ޓްރަމްޕް ހަވާލުވެވަޑައިގަންނަވާނީ ޖެނުއަރީ 20 ގަ އެވެ.

"ގައުމު ހިންގުމުގައި އަޅުގަނޑުގެ ކާމިޔާބު ޓީމާ އެކު ކުރިއަށްދާން ލިބުމަކީ ވަރަށް ބޮޑު އުފަލެއް،" ޓްރަމްޕުގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. "ސްޓީވް އާއި ރެއިންސް އަކީ އަޅުގަނޑުމެންގެ ކެމްޕޭނުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ކާމިޔާބު ހޯއްދަވައި ދެއްވި ދެ ލީޑަރުން."

ޕްރެއިބާސް، 44، ވަނީ ޓްރަމްޕާއި ރިޕަބްލިކަން ޕާޓީއާ ދެމެދު ކެމްޕޭން ތެރޭގައި ގުޅުން ބޭއްވުމުގެ އެންމެ އިސް ދައުރު އަދާކުރައްވައިފަ އެވެ. އާރުއެންސީގެ ޗެއާމަންގެ މަގާމަށް 2011 ވަނަ އަހަރު އިންތިޚާބު ކުރި ޕްރެއިބާސް ވަނީ ޕާޓީގެ ތަރުޖަމާނުގެ އިތުރުން ފަންޑްރެއިޒް ކުރުމުގައި ވެސް އެންމެ އިސް ދައުރެއް އަދާ ކުރައްވައިފަ އެވެ.

ބެނޮން، 62، ވަނީ 2012 ވަނަ އަހަރު ބްރެއިބާޓް ނިއުސް ގަތުމަށް ފަހު އެމެރިކާގައި އެންމެ ގިނަ މީހުން ކިޔާ ކޮންޒަވެޓިވް ނިއުސް ވެބްސައިޓަށް ހަދައިފަ އެވެ. ޓްރަމްޕުގެ ސަރުކާރުގައި މަސައްކަތް ކުރަން ލިބުމަކީ ވަރަށް ފަޚުރުވެރިވާ ކަމެއް ކަމަށް ބެނޮން ވަނީ ވިދާޅުވެފަ އެވެ.