އެންމެ ހަތަރު މަހުން ތިން ބުރީގެ މިސްކިތެއް!
އެންމެ ހަތަރު މަހުން ތިން ބުރީގެ މިސްކިތެއް!

ހުޅުމާލޭގައި އެންމެ ހަތަރު މަސް ތެރޭގައި ތިން ބުރީގެ މިސްކިތެއް އަޅައި ނިމޭ ހިސާބަށް ހިނގައްޖެ އެވެ.

އެންމެ ހަތަރު މަހުން ތިން ބުރީގެ މިސްކިތެއް!
އެންމެ ހަތަރު މަހުން ތިން ބުރީގެ މިސްކިތެއް!

ހުޅުމާލޭގެ ދެކުނު ކޮޅުން ފިތުރޯނު މަގު ފެށޭ ކަންމަތީގައި، އެމްޕީއެލް ބަނދަރު ކުރިމަތިން، ހަދާ މި މިސްކިތުގެ މަސައްކަތް މިދިއަ އަހަރުގެ ރޯދައަށް ކައިރި ވެފައި އޮއްވާ ފެށި އެވެ. ނަމަވެސް ކޮވިޑާ އެކު އެކަން ހުއްޓުނު ގޮތަށް މިސްކިތުގެ މައިގަނޑު އަދި ބޮޑު ހުރިހާ މަސައްކަތެއް ފެށޭވަރުވީ މިދިއަ ނޮވެމްބަރުގަ އެވެ.

އެންމެ ހަތަރު މަހުން ތިން ބުރީގެ މިސްކިތެއް!
އެންމެ ހަތަރު މަހުން ތިން ބުރީގެ މިސްކިތެއް!

މިއީ އަމިއްލަ ބަޔަކު ހަދިޔާކުރާ މިސްކިތެކެވެ. އޭގެ ތެރެއިން އެއް ބޭފުޅަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން، ވިދާޅުވީ އެހާ އަވަހަށް މިސްކިތް ނިންމާލެވެނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކު ކަމަށެވެ.

"ހެޔޮއެދޭ ގިނަ ބައެއްގެ ދީލަތި އެހީތެރިކަން ލިބިގެން މިސްކިތް މި ހެދެނީ،" އޭނާ ވިދާޅުވި އެވެ.

ކޮންމެ ބުރިއެއްގައި 4،900 އަކަފޫޓު ހުންނަ މިސްކިތުގައި އެއްފަހަރާ 2،600 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. އެގޮތުން ކޮންމެ ބުރިއެއްގައި 630 މީހުންގެ ޖާގަ އޮވެ އެވެ.

މިސްކިތުގެ ޓެރަސް ވެސް ހަދަނީ އަވިދިނަސް އަދި ވާރޭވެހުނަސް ބޭނުންކުރެވޭނެ ގޮތަށް ހިޔާކޮށްފަ އެވެ.

"މިހާރު"އާ ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވީ މިސްކިތުގެ މަސައްކަތް ކުރިއަށް ދަނީ އަންނަ ރޯދަމަހު ހުޅުވުމުގެ އުއްމީދުގައި ކަމަށެވެ.

ކޮވިޑާ ގުޅިގެން މިދިއަ އަހަރުގެ ރޯދަމަހު މާލޭ ސަރަހައްދުގެ މިސްކިތްތައް ހުރީ ބަންދުކޮށްފަ އެވެ. އެއީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި ބައްޔަކާ ގުޅިގެން މިސްކިތުގައި ތަރާވީހު ނަމާދު ވެސް ނުކޮށް ވޭތުވި ފުރަތަމަ ރޯދަމަހެވެ.

މިހާރު ވެސް ކޮވިޑްގެ ހާލަތު އޮތީ މިދިއަ އަހަރުގެ ރޯދަ ދުވަސްވަރު ތަޖުރިބާާކުރި ފަދަ ގޮތަކަށެވެ. ނަމަވެސް ދީފައިވާ ލުއިތަކާ އެކު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރެވެ އެވެ. އަދި އަންނަ މަހު މެދުތެރޭގައި ފެށޭ ރޯދަމަހު މިސްކިތްތަކުގައި ތަރާވީހު ނަމާދު ވެސް ކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.