ހއ. އަތޮޅުގައި ޑްރަގްސް އޮޕަރޭޝަން އަދި ވެސް ކުރިއަށް
ހއ. އަތޮޅުގައި ޑްރަގްސް އޮޕަރޭޝަން އަދި ވެސް ކުރިއަށް

ހއ. އަތޮޅުގެ ބައެއް ރަށްތަކަށް، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޕެކެޓުތަކެއް ލައްގާފައިވާތީ އެ ސަރަހައްދު ފާސްކުރުމުގެ އޮޕަރޭޝަން އަދި ވެސް ކުރިއަށްދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ހއ. އަތޮޅުގައި ޑްރަގްސް އޮޕަރޭޝަން އަދި ވެސް ކުރިއަށް
ހއ. އަތޮޅުގައި ޑްރަގްސް އޮޕަރޭޝަން އަދި ވެސް ކުރިއަށް

ރާއްޖޭގެ އެންމެ އުތުރުގެ ބައެއް ރަށްރަށުގެ ގޮނޑުދޮށަށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޕެކެޓުތަކެއް މިިދިޔަ އާދިއްތަ ދުވަހު ލައްގާފައި ވެ އެވެ. އެ އެއްޗެހި ފެނުނު ރަށްރަށުގެ ތެރޭގައި ފިއްލަދު އާއި ވަށަފަރު ހިމެނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މެރިން ޕޮލިހާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އަދި ސިފައިންނާ ގުޅިގެން ހއ. އަތޮޅުގެ ކަނޑުގެ ސަރަހައްދު ފާސްކުރަމުން އަންނަކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ފިއްލަދޫ އާއި ވަށަވަރުން 55 ކިލޯގެ މަސްތުވާތަކެތި ފެނިފައި ވެ އެވެ. އެންމެ ގިނައިން ފެނުނު ފިއްލަދުއަށް ލެއްގި ޕެކެޓުތަކުގެ ބަރުދަން 51 ކިލޯއަށް އަރަ އެވެ.

މަސްތުވާތަކެތި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ޕެކެޓްތަކެއް ހއ. އަތޮޅުގެ ރަށްރަށަށް ލައްގާފައިވާ އިރު މިއީ މިދިޔަ ހަފުތާގެ ހޯމަދުވަހު މަލިކު ކައިރިން އިންޑިއާގެ ކޯސްޓް ގާޑުން އަތުލައިގަތް ސްރީ ލަންކާގެ ތިން ބޯޓަކުން ކަނޑަށް އުކާލި އެއްޗެހި ކަމަށް ވަނީ ބެލެވިފަ އެވެ.

ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ފަލާހު ވެސް "މިހާރު" އަށް ކުރިން ވިދާޅުވީ އެ ރަށުގެ ބަނދަރަށް ލެއްގީ ބޯޓަކުން އުކާލި އެއްޗެހިތަކެއް ކަމަށް ލަފާކުރެވޭ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ވިދާޅުވީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މަލިކު ކައިރިން މަސްތުވާތަކެއްޗާއެކު އުޅަނދުތަކެއް ހިފެހެއްޓުމެވެ.

އިންޑިއާގެ ކޯސްޓް ގާޑުގެ ބަޔާނަކާ ހަވާލާދީ އެ ގައުމުގެ އެންޑީޓީވީން ބުނީ މަލިކު ކައިރިން ބޯޓުތައް އަތުލައިގަތުމުގެ ކުރިން، މަސްތުވާތަކެތި އަޅާފައި ހުރި، ގާތްގަނޑަކަށް 260 ކިލޯ ހުރި، ފަސް ގޯންޏެއް ކަނޑަށް އެއްލައިލާފައި ކަމަށެވެ.