ކޮވިޑް-19: ކޭސްތައް މަދެއް ނުވި، މިއަދު ވެސް ޕޮޒިޓިވްވި މީހުންގެ އަދަދު 140 އިން މަތި
ކޮވިޑް-19: ކޭސްތައް މަދެއް ނުވި، މިއަދު ވެސް ޕޮޒިޓިވްވި މީހުންގެ އަދަދު 140 އިން މަތި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރި ނަމަވެސް އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދަށް ބަދަލެއް ނައިސް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 140 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އާ ހަމައަށް ޓެސްޓުކުރި 3،957 ސާމްޕަލްގެ ތެރެއިން 149 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން 120 މީހަކާއި އެހެން ރަށްރަށުން ހަތަރު މީހަކާއި ރިސޯޓުތަކުން 18 އަދި ތަރައްގީ ކުރަމުން އަންނަ ރަށްތަކަކުން ހަތް މީހެކެވެ.

ރާއްޖެ އިން ކޮވިޑު ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ މިހާރު 22،662 އެވެ.

ބަލިން އިތުރަށް 138 މީހަކު ރަނގަޅު ވެފައިވާތީ އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 2،447 ގަ އެވެ.

ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 90 މީހަކަށް ފަރުވާދެ އެވެ. ރާއްޖެ އިން ކޮވިޑު ބަލީގައި 66 މީހުން މިހާތަނަށް މަރުވެފައި ވެ އެވެ.