މިޔަރުގެ މަސްވެރިކަން ކުރަން ތިބި ބަޔަކު އަތުލައިގެންފި
މިޔަރުގެ މަސްވެރިކަން ކުރަން ތިބި ބަޔަކު އަތުލައިގެންފި

އދ. އަތޮޅުގައި މިޔަރުގެ މަސްވެރިކަން ކުރަން ތިބި ބަޔަކު މިއަދު އަތުލައިގެންފި އެވެ.

މިޔަރުގެ މަސްވެރިކަން ކުރަން ތިބި ބަޔަކު އަތުލައިގެންފި
މިޔަރުގެ މަސްވެރިކަން ކުރަން ތިބި ބަޔަކު އަތުލައިގެންފި

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އދ. މަންދޫ ކައިރީގައި ހެނދުނު 11:30 ހާއިރު މިޔަރުގެ މަސްވެރިކަން ކުރަމުންދާ ކަމުގެ މައުލޫމާތު ލިބުމުން އެ ދޯނި ލޮކޭޓްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މާވަރުފަޅު ކައިރިން ހަތަރު މީހުންނާއެކު ދޯނި ހުއްޓުވީ، މިޔަރުގެ މަސްވެރިކަން ކުރަމުން ދަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ

ދޯނި ބަލައި ފާސްކުރިއިރު، މިޔަރާއި މިޔަރު އުރަހަ އަދި ލޮނު އަޅާފައި ހުރި މިޔަރު މަސް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،"

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މިޔަރުގެ އެއްވެސް ބާވަތެއް ހިފުމާއި ގެންގުޅުމަކީ މަނާ ކަމެކެވެ. މީގެ އެކްސްޕޯޓު ވެސް މަނަލެވެ.