21 މާޗް 2021 - 19:46

އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމު، މޫލީން ރޯދައަށް ހާއްސަކޮށް ވިޔަފާރިކުރެވޭ ފުރުސަތު ހުޅުވާލައިފި އެވެ.
މޫލީން ވަނީ "ރޯދަ އެސެންޝިއަލްސް"ގެ ނަމުގައި މޫލީގައި ހާއްސަ ބައެއް ވެސް ހަދައިފަ އެވެ. މި ބަޔަށް ވަދެ ބޭނުންވާ ޖެޓަގަރީއަކުން ވިޔަފާރި ކުރެވޭނެ އެވެ.
މި އާ ސެކްޝަނުގައި ބާބަކިއު ގްރިލް އާއި އިލެކްޓްރިކް ގްރިލް އާއި އަވަނާއި ރައިސް ކުކަރާއި ކޮފީ މޭކާ އަދި ޕޮކެޓް ރޭޑިއޯ އާއި އިސްތިރި ފަދަ އެތަކެއް ސާމާން ލިބެން ހުންނާނެ އެވެ. މިއީ މޫލީގެ މާޗެންޓުން ވިއްކާ ސާމާނުތަކެވެ.
އުރީދޫގެ މޫލީ މެދުވެރިކޮށް ކޮންމެ ރަށެއްގައި ހުރެގެން ވެސް ވިޔަފާރި ކުރެވޭނެ އެވެ. މިގޮތަށް ވިޔަފާރި ކުރުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް އެ ކުންފުނިން ޑެލިވަރީ ކޮށްދޭނެ އެވެ.
އުރީދޫން ބުނީ މި ފުރުސަތު ހުޅުވާލީ ކޮވިޑް-19ގެ ސަބަބުން ރޯދަ ވިޔަފާރި ކުރަން ދަތުރުފަތުރު ނުކުރެވޭތީ ކަމަށެވެ.