13 ނޮވެމްބަރ 2016 - 19:45

އެކިއެކި މައްސަލަތަކުގައި ފުލުހުން އަތުލައިގެންފައިވާ 4،000 އަށް ވުރެ ގިނަ ބަނގުރާފުޅި އާއި ދަޅު އިއްޔެ ނައްތާލައިފި އެވެ.
ފުލުސް އޮފީހުން ބުނި ގޮތުގައި ދޫނިދޫގައި އިއްޔެ ނައްތައިލި ބަނގުރާގެ ތެރޭގައި ހިމެނެނީ އެކި ބްރޭންޑްތަކުގެ 1،230 ފުޅި 2،831 ބިޔަރު ދަޅާއި ހަތަރު ހަމުގައި ހުރި ބަނގުރާ އެވެ.
މިތަކެތި އާއްމު ގޮތެއްގައި ނައްތައިލަނީ ބޮޑު ވަޅުގަނޑެއް ކޮނެފައި، ކޮންމެ ފުޅިއެއް ނުވަތަ ދަޅެއް ވެސް ވަކިން އެ ފުޅިގަނޑަށް އޮއްސާލައިގެންނެވެ.
މިއީ 2008 ވަނަ އަހަރުން ފެށިގެން މި އަހަރާ ހަމަ އަށް 45 މައްސަލައެއްގައި އަތުލައިގެންފައިވާ ތަކެއްޗެވެ. މީގެ ތެރޭގައި ގިނައީ 2010 ވަނަ އަހަރާއި މި އަހަރު ހިނގި އޮޕަރޭޝަންތަކުގައި އަތުލައިގެން ތަކެއްޗެވެ.
ފުލުހުން ބުނި ގޮތުގައި މިތަކެތި ނައްތާލާފައިވަނީ މިގޮތަށް ފުލުހުން ހޯދާ ބަނގުރަލާއި އެއާ ގުޅުން ހުުރި މައްސަލަތަކުގައި ހޯދާ ތަކެތި ނައްތާލުމުގައި އަމަލު ކުރާ ގަވައިދުގެ ދަށުންނެވެ.
ފުލުހުން މިދިޔަ މަހުގެ ތެރޭގައި ވަނީ 2011-2013 ވަނަ އަހަރުގެ ނިޔަލަށް ފުލުހުން ހޯދާފައިވާ ހުރިހާ ބާވަތެއްގެ ހިކި މަސްތުވާތަކެތި ނައްތާލައިފަ އެވެ.