ބީއެމްއެލްގެ މުވައްޒަފުން ތިން ރަށަކަށް އެހީތެރިކަން ފޯރުކޮށްދީފި
ބީއެމްއެލްގެ މުވައްޒަފުން ތިން ރަށަކަށް އެހީތެރިކަން ފޯރުކޮށްދީފި

ބީއެމްއެލްގެ މުވައްޒަފުން އިސްވެ ތިން ރަށެއްގައި މުޖުތަމައުއަށް އެހީތެރިވުމުގެ ހަރަކާތްތަކެއް ހިންގައިފި އެވެ.

ބީއެމްއެލްގެ މުވައްޒަފުން ތިން ރަށަކަށް އެހީތެރިކަން ފޯރުކޮށްދީފި
ބީއެމްއެލްގެ މުވައްޒަފުން ތިން ރަށަކަށް އެހީތެރިކަން ފޯރުކޮށްދީފި

ރާއްޖޭގެ ގައުމީ ބޭންކްގެ މުވައްޒަފުންގެ އެހީތެރިކަން ފޯރުކޮށްދިނީ ވ. ފެލިދޫ، ލ. ފޮނަދޫ އަދި ހދ. ކުޅުދުއްފުށީގަ އެވެ.

ބީއެމްއެލްގެ މުވައްޒަފުން ތިން ރަށަކަށް އެހީތެރިކަން ފޯރުކޮށްދީފި
ބީއެމްއެލްގެ މުވައްޒަފުން ތިން ރަށަކަށް އެހީތެރިކަން ފޯރުކޮށްދީފި

ވ. ފެލިދޫގައި ބީއެމްއެލް މުވައްޒަފުން އެހީތެރިވެދިނީ ރައްޔިތުންގެ މެދުގައި މަގުބޫލު ފެލިދޫ މަސް ފެންގަނޑު އޮންނަ ސަރަހައްދަށް ވަންނަން އޮންނަ މަގު ސާފުކޮށްދިނުމުގަ އެވެ.

ފޮޓޯ ނަގާށާއި މަހަށް ކާން ދޭން އެ ސަރަހައްދަށް ޒިޔާރަތްކުރާ އެތައް ބަޔަކަށް ފަސޭހަވާނެހެން އެ ހިސާބު ވަނީ ސާފުކޮށްދީފަ އެވެ. އޭގެ އިތުރުން ފޮޓޯ ނަގާ މީހުންނަށް ހާއްސަ ޕްލެޓްފޯމެއް ހެދުމުގެ މަސައްކަތް ކުރަން ވެސް ވަނީ ރާވައިފަ އެވެ.

ލ. ފޮނަދޫ ބްރާންޗްގެ މުވައްޒަފުން ރަށަށް އެހީތެރިވީ ކުޑަކުދިންގެ ޕާކުގެ ވަށައި ފާރުގައި ކުލަ ލުމުގަ އެވެ.

އުތުރުގެ އެންމެ އާބާދީ ބޮޑު ކުޅުދުއްފުށީ ބްރާންޗުގެ މުވައްޒަފުން ވަނީ އަތިރިމަތީގައި ހާއްސަ ސަރަހައްދެއް ހަދައި، އެތަނުގައި އުނދޯއްޔާއި، ޖޯއްޔާއި ބެންޗް ވެސް ބަހައްޓައިފަ އެވެ. މިއީ ހިތްފަސޭހަކޮށްލަން ރަށު ރައްޔިތުންނަށް ތަނަވަސްކޮށްދިން ފުރުސަތެކެވެ.

ބީއެމްއެލް އިން ބުނާ ގޮތުގައި އެކި ރަށްރަށުގައި ހުންނަ ބޭންކްގެ ބްރާންޗްތަކާއި ބީއެމްއެލްގެ ވޮލަންޓިއަރުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގެ ސަބަބުން އާންމުންނަށް ހިތްހަމަޖެހުން ލިބޭނެ އެވެ. ތިން ރަށުގައި ބީއެމްއެލްގެ 30 އަށް ވުރެ ގިނަ ވޮލަންޓިއަރުން ބައިވެރިވި އެވެ.

ކޮންމެ އަހަރެއްގެ މާޗު 20 ހާއްސަކޮށްފައި ވަނީ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ އެވެ. ބީއެމްއެލްގެ މުވައްޒަފުންގެ އެހީތެރިކަން ވެސް އަމާޒުކުރީ އެ ދުވަހުގެ އުފަލަށެވެ. ބޭންކުގެ އަމާޒަކީ މިފަދަ އިތުރު ހަރަކާތްތައް މި އަހަރު ކުރިއަށް ގެންދިޔުމެވެ.