އިދިކޮޅު މުޒާހަރާ: ނިމާލާ އެކު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
އިދިކޮޅު މުޒާހަރާ: ނިމާލާ އެކު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ކޮވިޑު-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފަށް މުޒާހަރާ ކުރާތީ، ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލާއެކު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.

ކޮންމެ ހުކުރު ދުވަހަކު ކުރާ މުޒާހަރާއާ ދިމާކޮށް ފުލުހުން ވަނީ މިއަދު ވެސް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އޮފީސް ހިމެނޭ ސަރަހައްދު ބަންދުކޮށްފަ އެވެ.

އެގޮތުން، ބްރިޖު ވިއު ޕްލެޓްފޯމުން ފެށިގެން އާޓިފިޝަލް ބީޗްގައި ކުރިން ސްޓޭޖް ހުރި ހިސާބަށް ބެރިކޭޑް ޖަހައި ބަންދުކޮށްފައި ވެ އެވެ. އޭގެ އިތުރުން ބޮޑުތަކުރުފާނު މަގަށް ނުކުމެވޭ ހުރިހާ ގޯޅިއެއް ބަންދުކޮށް ފުލުހުން ދަނީ އެ ސަރަހައްދުގައި ފޯރިމަރަމުންނެވެ.

ނިމާލާއެކު ހަތަރު ތިން މީހަކު ހައްޔަރުކުރީ އަޑުއުފުލަމުން ދަނިކޮށް މަޖީދީމަގާއި ޗާންދަނީ މަގާ ގުޅޭ ހިސާބުންނެވެ.

އިދިކޮޅު ކޯލިޝަނުން މިހާރު މާލޭގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކަކީ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފް އެއްވުންތަކެއް ކަމަށް ބުނެ އެ އެއްވުންތައް ހުއްޓުވައި، ފުލުހުން ގެންދަނީ ވަކިވަކި މީހުން ވެސް ޖޫރިމަނާ ކުރަމުންނެވެ.