19 މާޗް 2021 - 00:34

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމު އިއްޔެ އައްޔަން ކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން، ހއ. ހޯރަފުށީ ނަސީމީހައުސް، ނިޒާމު އެސްޓީއޯގެ ބޯޑަށް އައްޔަން ކޮށްފައި ވަނީ އެގްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައި ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރަކަށް ނިޒާމު ހަމަޖައްސާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެ ކުންފުނީގެ ކުރީގެ ޕްރޮކިއުމަންޓް ޖެނެރަލް މެނޭޖަރު ނިޒާމަކީ ފައިނޭންސް އާއި އެކައުންޓިން ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެސްޓީއޯގައި މަސައްކަތް ކުރައްވާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
އެސްޓީއޯގެ ބޯޑުގައި މިހާރު ތިއްބަވަނީ ނިޒާމުގެ އިތުރުން ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި ޝިމާދު އިބްރާހީމާއި އިސްމާއިލް ޒުމެއިލް ރަޝީދާއި ގައިސް އިސްމާއިލް އަދި އާމިނަތު ރުޝްމާ އެވެ.