19 މާޗް 2021 - 09:09

އެންމެ ފަހުން ނިންމާލި ރިއަލިޓީ ޝޯ "ބިގް ބޮސް 14" ކާމިޔާބުކުރި ބަތަލާ ރުބީނާ ދިލައިކްގެ ވީޑިއޯ ލަވައެއް ރިލީޒްކޮށްފި އެވެ.
އޭނާ އާއި ފިރިމީހާ އަބިނާވް ޝުކްލާ އެކީގައި ފެންނަ ލަވައިގެ ނަމަކީ "މަރުޖާނޭޔާ" އެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރް ކިޔާފައިވާ ލަވައިގެ ވީޑިއޯ ގެނެސްދީފައި ވަރަށް އާބަން ލަވައެއްގެ ގޮތުގަ އެވެ.
ރަޖަތު ނަގްޕާލްގެ މިއުޒިކަށް ހަދާފައިވާ ލަވައިގެ ވީޑިއޯ ޑައިރެކްޓްކުރީ ރަޖަން ބީރް އެވެ.
ރުބީނާ މިހާތަނަށް ފެނިފައި ވަނީ މުޅިން ވެސް ޓީވީ ސިލްސިލާތަކުންނެވެ. އޭގެ ތެރޭގައި "ޝަކްތީ" އާއި "ޗޯޓީ ބަހޫ" ފާހަގަކޮށްލެވެ އެވެ. ފިރިމީހާ އަބިނާވަކީ ޓީވީ ސިލްސިލާތަކުގެ އިތުރުން ފިލްމުތަކެއް ވެސް ކުޅެފައިވާ އެކްޓަރެކެވެ.
ރުބީނާގެ އަލަތު ވީޑިއޯ ލަވަ އާންމުކުރި އިރު އޭނާ އާއި ޕާރަސް ޗާބްޅާ އެކީގައި ކުޅެފައިވާ ވީޑިއޯ ލަވައެއް ވެސް ވަރަށް އަވަހަށް ނެރޭނެ އެވެ. ޕާރަހަކީ "ބިގް ބޮސް 13" ގައި ވާދަކުރި ފަންނާނެކެވެ. އަދި "ބިގް ބޮސް 14" ގައި ވެސް އޭނާ ހަފުތާއެއްހާ ދުވަހަށް ބައިވެރިވެފައިވެ އެވެ.