ރިޓަޔާކޮށްފައިވާ ސީނިއާ އޮފިސަރުންނާ އެމްއެންޑީއެފް ލީޑަޝިޕުން ބައްދަލުކޮށްފި
ރިޓަޔާކޮށްފައިވާ ސީނިއާ އޮފިސަރުންނާ އެމްއެންޑީއެފް ލީޑަޝިޕުން ބައްދަލުކޮށްފި

ސިފައިންގެއިން ރިޓަޔާކުރައްވާފައިވާ ސީނިއާ އޮފިސަރުންނާ، އެމްއެންޑީއެފްގެ ލީޑަޝިޕުން އިއްޔެ ބައްދަލުކޮށްފި އެވެ.

ރިޓަޔާކޮށްފައިވާ ސީނިއާ އޮފިސަރުންނާ އެމްއެންޑީއެފް ލީޑަޝިޕުން ބައްދަލުކޮށްފި
ރިޓަޔާކޮށްފައިވާ ސީނިއާ އޮފިސަރުންނާ އެމްއެންޑީއެފް ލީޑަޝިޕުން ބައްދަލުކޮށްފި

ބަންޑާރަކޮށީގައި ބޭއްވި ބައްދަވުމުގައި އެމްއެންޑީއެފްގެ ކުރިއެރުމާއި ތަރައްގީ އަށް މިހާރު ކުރިއަށްގެންދާ ޕްރޮޖެކްޓްތަކާއި ޕްލޭންތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް، ރިޓަޔާޑް 14 ވަރަކަށް ސީނިއާ އޮފިސަރުންނަށް ދައްކާފައި ވެ އެވެ.

އެމްއެންޑީއެފް ލީޑަޝިޕްގައި މި ވަގުތު ތިއްބެވި ބޭފުޅުންގެ ތެރެއިން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ސިފައިންގެއިން ރިޓަޔާކުރައްވާފައިވާ އޮފިސަރުންތަކަކާ ބައްދަލުކުރެއްވިއިރު، ކޯސްޓް ގާޑު ބަނދަރެއްގެ ގޮތުގައި އުތުރު ތިލަފަޅު ތަރައްގީކުރަން އިންޑިއާ އާ ހަވާލުކުރުމާ ގުޅޭގޮތުން ސިފައިންނަށް ތުހުމަތުކޮށް ތަފާތު އެކި ވާހަކަތައް ދައްކާފައި ވެ އެވެ.

ނަމަވެސް އެ ލީޑަޝިޕުން މިދިޔަ އަންގާރަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ވިދާޅުވީ އެ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައި އަސްކަރިއްޔާގެ ދިފާއުގައި ތެދުވެވަޑައިގެންފަ އެވެ.

އުތުރު ތިލަފަޅުގައި ސިފައިންގެ ބަނދަރެއް ހަދަން ހަވާލުކުރީ ތިން އަހަރުން މަސައްކަތް ނިންމާ ގޮތަށެވެ. އެއަށްފަހު އެގްރިމެންޓުގެ މުއްދަތަކީ 15 އަހަރެވެ.