19 މާޗް 2021 - 09:14

ސާޖިދު-ވާޖިދުގެ ނަމުގައި ދެ މީހުން އެކުގައި ބޮލީވުޑް މިއުޒިކް ޑައިރެކްޓަރުންގެ ގޮތުގައި މަސައްކަތްކުރަމުން ދަނިކޮށް މިދިޔަ އަހަރު ވާޖިދު މަރުވެފައިވާތީ ސާޖިދުގެ ނަން ސާޖިދު ވާޖިދު އަށް ބަދަލުކޮށްފި އެވެ.
ދެބެއިންގެ ފުރިހަމަ ނަމަކީ ސާޖިދު ޚާނާއި ވާޖިދު ޚާނެވެ. ސާޖިދަކީ ދެބެއިންގެ ތެރެއިން ހަގު މީހާ އެވެ. ފަހަތު ނަން "ޚާން" އިން "ވާޖިދު" އަށް ބަދަލުކުރުމާ ބެހޭ ގޮތުން ސާޖިދު ބުނީ އޭނާގެ ނަމަށް ޚާން އަންނަން މިހާރު ބޭނުން ނުވާ ކަމަށާއި ބޭނުންވީ ބޭބެގެ ނަން އަބަދަށް ދެމެހެއްޓުމަކަށްޓަކައި އޭނާގެ ނަން ސާޖިދު ވާޖިދަށް ބަދަލުކުރަން ކަމަށެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ކިޑްނީ ފެއިލްވެގެން ވާޖިދު މަރުވި ފަހުން ސާޖިދު މަސައްކަތްކުރަނީ ސޯލޯ ކޮމްޕޯޒަރެއްގެ ގޮތުގަ އެވެ. އޭނާ އާއި ކޮއްކޮ ވާޖިދަކީ އެތައް ފިލްމަކަށް ރީތި އެތައް ލަވަތަކެއް ހަދައިދީފައިވާ ދެ ފަންނާނުންނެވެ. ފިލްމުތަކުގެ ލަވަތަކުގެ އިތުރުން ސާޖިދު-ވާޖިދަކީ ފިލްމުތަކުގެ ބެކްގްރައުންޑް ސްކޯ ވެސް ހަދާފައިވާ ދެ މީހުންނެވެ.
އެ މީހުން އެކީގައި މިއުޒިކް ހަދައިދިން މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި "ޕިޔާރު ކިޔާ ޔޯ ޑަރުނާ ކިޔާ"، "ޕާޓްނާ"، "ވޯންޓެޑް"، "ދަބަންގް" ސީރީޒް، "ޖުޅުވާ 2"، "މޭރާ ތޭރާ ހީރޯ" އަދި "ހައުސްފުލް 2" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.