17 މާޗް 2021 - 22:24

ވޭތުވެ ދިޔަ 24 ގަޑިިއިރުގެ ތެރޭގައި އިތުރު 142 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ހަމައަށް މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 112 މީހުން ކަމަށެވެ. އަދި ރަށްރަށުން 11 މިހަކާއި ރިސޯޓުތަކުން 19 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މިއީ، ކޮވިޑަށް ޓެސްޓުކުރަން ނެގި 3،777 ސާމްޕަލް އިން ޕޮޒިޓިވްވި މީހުންގެ އަދަދެވެ. އެހެންވީމަ ޕޮޒިޓިވިޓީ ރޭޓު މިވަގުތު ހުރީ 2.97 ޕަސެންޓުގަ އެވެ.
ޖުމްލަ 21،961 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، މިހާރު މި ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 2،371 މީހުންނެވެ. އޭގެ ތެރެއިން 118 މީހުންނަށް ފަރުވާ ދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ކަމަށް އެޗްޕިއޭ އިން ބުންޏެވެ.
މިހާތަނަށް މި ބަލި ޖެހިގެން 64 މީހަކު މަރުވެފައި ވެ އެވެ.
މީގެ އިތުރުން ކޮވިޑުން ރައްކާތެރިވުމަށްޓަކައި ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ރަށްރަށުގައި ހުރި 169 ސެންޓަރަކުން 1،366 މީހުންނަށް ވެކްސިން ޖަހާފައި ވެ އެވެ. ކޮވިޑުން ރައްކާތެރިވާން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަަދަދު މިހާރު ވަނީ 215،852 އަށް އަރާފަ އެވެ. މިދުވަސްވަރު، މާލެ ސަރަހައްދުގައި އުޅޭ މީހުންނަށް ވެކްސިން ޖެހުން ވަނީ މެދުކަނޑާލާފަ އެވެ.