ކުޑަހުވަދޫގައި ރެންޑަމްކޮށް ނެގި ތިން ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ކުޑަހުވަދޫގައި ރެންޑަމްކޮށް ނެގި ތިން ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ދ. ކުޑަހުވަދޫ ގައި ރެންޑަމްކޮށް ނެގި ސާމްޕަލްްތަކަކުން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއީ ކުޑަހުވަދޫން ކޮވިޑްގެ ކޭސްތަކެއް ފެނުނު ފުރަތަމަ ފަހަރެވެ. އަދި އާއްމުންގެ ތެރެއިން ނެގި ސާމްޕަލްތަކަކުން ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށަށް މިހާރު ވަނީ އަރައިފޭބުން މަނާކޮށްފަ އެވެ.

އާއްމުންގެ ތެރޭގައި ކޮވިޑްގެ ބަލިމަޑުކަން އޮތްތޯ ބެލުމަށް، ރާއްޖޭގެ އެކި ރަށްރަށުގައި މިހާރު އަންނަނީ ރެންޑަމް ސާމްޕަލް ނަގަމުންނެވެ. އާއްމުގޮތެއްގައި ރަށްރަށުގައި ގިނައިން ޕޮޒިޓިވްވަނީ މާލޭން ރަށްރަށަށް ގޮސް ހޯމް ކަރަންޓީނުގައި ތިބޭ މީހުންނެވެ. އެކަމަކު އާއްމުންގެ ތެރެއިން މިގޮތަށް ހަދާ ޓެސްޓެއް ޕޮޒިޓިވްވެއްޖެ ނަމަ، އޭގެ މާނައަކީ އާއްމުންގެ ތެރޭގައި ކޮންމެވެސް ގޮތަކަށް ބަލި ފެތުރިފައި އޮތުމެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު އަދިވެސް ދަނީ ގޯސްވަމުންނެވެ. އިއްޔެ އެކަނި ވެސް ރާއްޖޭން 150 އަށްވުރެ ގިނަ މީހުން ޕޮޒިޓިްވެފައިވާއިރު އޭގެ ތެރެއިން ގިނައީ މާލޭން ބަލި ޖެހުނު މީހުންނެވެ.