ބްރޯޑްބޭންޑަށް ދިމާވި މައްސަލަ ހައްލުކޮށްފިން: ދިރާގު
ބްރޯޑްބޭންޑަށް ދިމާވި މައްސަލަ ހައްލުކޮށްފިން: ދިރާގު

ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތަށް ދިމާވި މައްސަލަ ހައްލުކޮށް މިހާރު ހިދުމަތް ދޭން ފަށާފައިވާ ކަމަށް ދިރާގުން ބުނެފި އެވެ.

މިއަދު ހެނދުނުން ފެށިގެން ދިރާގު ފިކްސްޑް ބްރޯޑްބޭންޑުތަކުން އިންޓަނެޓް ވަނީ މެދުކެނޑިފަ އެވެ. މި މައްސަލަ ހައްލުކޮށް އަލުން މި ހިދުމަތް ދޭން ފަށާފައިވަނީ 10:00 ހާއިރު އެވެ.

ދިރާގުން ވަނީ ބްރޯޑްބޭންޑު ހިދުމަތް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މާފަށް އެދިފަ އެވެ. އަދި ކަސްޓަމަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ދިރާގުގެ ބްރޯޑްބޭންޑު ހިދުމަތް މެދުކެނޑުމާ ގުޅިގެން ބައެއް ސްކޫލްތަކުގެ މިއަދުގެ އޮންލައިން ކްލާސްތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ. އަދި ގެއިން މަސައްކަތް ކުރާ މީހުންނަށްވެސް ދަތިތަކާ ދިމާވެފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ވަނީ ހިޔާލު ފާޅުކޮށްފަ އެވެ.