ކޮވިޑަށް ފަހު ރާއްޖެ އިޝްތިހާރު ކުރަން އެންމެ ފުރަތަމަ ރަޝިއާއަށް!
ކޮވިޑަށް ފަހު ރާއްޖެ އިޝްތިހާރު ކުރަން އެންމެ ފުރަތަމަ ރަޝިއާއަށް!

ކޮވިޑް-19 ގެ ހާލަތަށް ފަހު ފުރަތަމަ ފަހަރަަށް ދުނިޔޭގެ ގައުމެއްގައި ބޭއްވި ފެއާއެއްގައި އެމްއެމްޕީއާރްސީން އަމަލީ ގޮތުން ބައިވެއްޖެ އެވެ.

ކޮވިޑަށް ފަހު ރާއްޖެ އިޝްތިހާރު ކުރަން އެންމެ ފުރަތަމަ ރަޝިއާއަށް!
ކޮވިޑަށް ފަހު ރާއްޖެ އިޝްތިހާރު ކުރަން އެންމެ ފުރަތަމަ ރަޝިއާއަށް!

އެމްއެމްޕީއާރްސީން އެންމެ ފުރަތަމަ މި ބައިވެރިވީ ރަޝިޔާގައި ކުރިއަށްދާ މޮސްކޯ އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް (މިޓް) ގަ އެވެ. އިއްޔެ ފެށި މިިފެއާ މާދަމާގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މިފެއާގެ ތެރެއިން ރަޝިއާގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުންނާ ބައްދަލުކުރާނެ އެވެ.

މިއީ މި ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް ފެއާ އެވެ. މި ފެއާގައި އެމްއެމްޕީއާރްސީގެ އިތުރުން ރާއްޖޭގެ 11 ކުންފުންޏަކުން ބައިވެރިވި އެވެ. އެމްއެމްޕީއާރްސީން ބުނީ މިފަދަ ފެއާއެއްގައި ބައިވެރިވުމުގެ ބޭނުމަކީ ރަޝިއާގައި ރާއްޖޭގެ މަގްބޫލުކަން ދެމެހެއްޓުމާއި ރަޝިއާއިން އަންނަ ޓޫރިސްޓުން އިތުރު ކުރުން ކަމަށެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެ އަށް އަންނަ އެއް ގައުމަކީ ރަޝިއާ އެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 40،000 ޓޫރިސްޓުން އައިސްފައިވެ އެވެ.

މި ފެއާއަށް ފަހު ރަޝިއާގެ ހަތަރު ސިޓީއެއްގަައި ރޯޑް ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. މިމަހުގެ 21 އިން 26 ވަނަ ދުވަހަށް ކުރިއަށްދާ މި ރޯޑް ޝޯ މޮސްކޯ އާއި ކަޒާން އާއި ސެއިންޓް ޕީޓާސްބާގް އާއި އެކަޓެރިންބާގް ބައިވެރިވެ އެވެ.

މީގެ އިތުރުން ވެސް ރަޝިއާގައި ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަަ ހަރަކާތްތަކެއް ވަނީ ރާވައިފަ އެވެ.