ނޭމާއާ އެކު ފޯޓްނައިޓްގެ ސީޒަން 6 ލޯންޗްކޮށްފި
ނޭމާއާ އެކު ފޯޓްނައިޓްގެ ސީޒަން 6 ލޯންޗްކޮށްފި

ޒުވާނުންގެ މެދުގައި މަގުބޫލު އޮންލައިން ގޭމް "ފޯޓްނައިޓް" ގެ ޗެޕްޓަ ދޭއްގެ ހަ ވަނަ ސީޒަން ލޯންޗްކޮށްފި އެވެ.

މި ސީޒަން ލޯންޗްކުރީ "ޕްރައިމަލް" ގެ ނަމުގަ އެވެ. "ފޯޓްނައިޓް" ނެރޭ އެޕިކް ގޭމްސް އިން ބުނިގޮތުގައި އާ ސީޒަން ފެށިގެން ދާނީ މިދިޔަ އަހަރު ނެރުނު ސީޒަން 5 ގެ "ޒީރީ ކްރައިސެސް ފިނާލޭ" ނިމުނު ހިސާބުންނެވެ.

ހަ ވަނަ ސީޒަން ލޯންޗްކުރީ އާ ޖަނަވާރުންނާއި އާ ކްރާފްޓްތަކުގެ އިތުރުން އާ ކެރެކްޓާތަކަކާ ވެސް އެކީގަ އެވެ. އެގޮތުން އަލަށް ގޭމަށް ގެނައި އެއް ކެރެކްޓާ އަކީ ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާ އެވެ. ފާހަގަކޮށްލެވޭ އަނެއް ކެރެކްޓާ އަކީ ލާރާ ކްރޮފްޓާއި "ޓީންސް ޓައިޓަން" ގެ "ރަވެން" އެވެ. މި ބައިތަކާ އެކު "ސީޒަންގެ ހައެއްގެ ޓްރެއިލާއެއް ވެސް އާންމުކޮށްފައިވެ އެވެ.

މިހާރު 350 މިލިއަނަށް ވުރެ ގިނަ މީހުން ކުޅޭ "ފޯޓްނައިޓް" އަކީ ޖުލައި 21، 2017 ގައި ނެރުނު ގޭމެކެވެ. މި ގޭމަކީ ހަނގުރާމައިގެ މައިދާނަކަށް ކުޅުންތެރިން ގެންގޮސްދޭ ގޭމެކެވެ.