"ދޯސްތާނާ 2" އަމީތާބާ އެކު ކުޅެން ބޭނުން: ޝަތުރޫގަން ސިންހާ
"ދޯސްތާނާ 2" އަމީތާބާ އެކު ކުޅެން ބޭނުން: ޝަތުރޫގަން ސިންހާ

ކުރީގެ މަޝްހޫރު އެކްޓަރު އަދި މިހާރު ސިޔާސީ ދާއިރާގައި ވަރަށް އިސް މަގާމެއް ފުރަމުންދާ ޝަތުރޫގަން ސިންހާ ދާދިފަހުން ވަނީ އޭނާގެ އެކުވެރިޔާ އަދި އެކުގައި ގިނަ ފިލްމުތަކެއް ކުޅުނު އަމީތާބު ބައްޗަންއާ އެކު "ދޯސްތާނާ 2" ކުޅެން ބޭނުންވާކަން އިއުލާންކޮށްފަ އެވެ.

މި ދެ ތަރިން އެކުގައި ކުޅުނު "ދޯސްތާނާ" އަކީ 1980 ވަނަ އަހަރު ރިލީޒްކުރި ވަރަށް ރީތި އަދި ކާމިޔާބު ފިލްމެކެވެ. މި ފިލްމުގައި އަމީތާބާއި ޝަތުރޫގެ އޮންނަ ގާތް އެކުވެރިކަން ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައިވެ އެވެ. ނަމަވެސް ދެ މީހުންގެ އެކުވެރިކަމަށް ބުރޫ އަރަނީ ފިލްމުގެ ބަތަލާ ޒީނަތު އަމަން ދެކެ ދެ މީހުންނަށް ވެސް ލޯބިވެވިގެން ދިމާވާ ކަންތައްތަކެއްގެ ސަބަބުންނެވެ.

ޝަތުރޫ ބުނަނީ ވަރަށް އަވަހަށް ބެލުންތެރިންނަށް "ދޯސްތާނާ 2" ހަދިޔާ ކުރެވިދާނެކަމަށް އުންމީދުކުރާ ކަމަށެވެ. އަދި މި ފިލްމު ކުޅުނު ފަހުން އަމީތާބާއި ޝަތުރޫގެ ގުޅުން ގޯސް ވެފައި އޮންނަތާ ވަރަށް ގިނަ ދުވަސް ފަހުން ދެ މީހުންގެ ގުޅުން އަލުން ބަދަހިވާން ފަށާފައިވަނީ ވަރަށް ފަހުންނެވެ.

ޝާރްޖާ އިންޓަނޭޝަނަލް ބުކް ފެއާގައި ވާހަކަ ދައްކަމުން ޝަތުރޫ ބުނީ ސިޔާސީ މައިދާނަށް ވަނީ ގައުމަށް ޚިދުމަތްކުރުމަކީ އޭނާގެ ވެސް ޒިންމާއެއް ކަމަށް ދެކޭތީ އެވެ.