14 ނޮވެމްބަރ 2016 - 05:52

ރިތިކް ރޯޝަންގެ "ގާބިލް"ގެ ޓްރެއިލާ އަށް ވަރަށް ގިނަ ބަޔެއްގެ ތަރުހީބު ވަނީ ލިބިފަ އެވެ. ބަދަލުހިފުމުގެ ޑްރާމާއެއް ކަމަށްވާ "ގާބިލް"ގައި ރިތިކްގެ ހުށަހެޅުންތައް ފުރިހަމަކަން ފިލްމުގެ ފުރަތަމަ އިޝްތިހާރުން ވެސް ވަނީ ފެނިފަ އެވެ.
ފިލްމީ ތަރި އާމިރު ޚާން ވެސް ވަނީ މި ޓްރެއިލާ އަށް ތައުރީފުކޮށްފަ އެވެ. ފިލްމު އިންޑަސްޓްރީގައި ހުރި ހުރިހާ ގޮތަކުން ވެސް އެންމެ "ފުރިހަމަ" އެކްޓަރުގެ ގޮތުގައި ގިނަ މީހުން ސިފަކުރާ އާމިރު ބުނި ގޮތުގައި ފިލްމު މޮޅުވާނެކަން "ގާބިލް'ގެ ޓްރެއިލާ ފެނުމުން ގަބޫލުކުރެވެ އެވެ.
އާމިރުގެ އާ ފިލްމު "ޑަންގަލް"ގެ ފުރަތަމަ ލަވަ "ހަނީކާރަކް ޕާބޫ" ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި އާމިރު ބުނީ "ޑަންގަލް"ގެ ޓްރެއިލާ ރާކޭޝް ރޯޝަން އަށް ވަރަށް ކަމުގޮސްގެން އުޅޭކަން އެނގިފައިވާ ކަމަށެވެ. އާމިރަކީ ކުޑައިރުއްސުރެ ރާކޭޝް ރޯޝަންގެ ފޭނެއް ކަމުން އޭނާއަށް އެ ޓްރެއިލާ ރަނގަޅުވެއްޖެ ނަމަ އެއީ ކާމިޔާބީއެއް ކަމަށް ވެސް ބުންޏެވެ. އާމިރު ބުނީ "ގާބިލް"ގެ ޓްރެއިލާއާ އޭނާ ގަޔާވީލެއް ބޮޑުކަމުން ރިތިކް ރޯޝަން އަށް ފޯނުކޮށްފައި އެ ވާހަކަ ބުނި ކަމަށް ވެސް އާމިރު ބުންޏެވެ.
"ޑަންގަލް" އަކީ މަހާވީރު ޕޯގަޓް ކިޔާ ރެސްލިން ތަޅާ މީހެއްގެ ހަގީގީ ވާހަކައަށް ވީފަދައިން "ގާބިލް" އަކީ ލޮލުގެ ފެނުމުން މަހްރޫމް ވެފައިވާ ރޯހަން ބަޓްނާގަރް ކިޔާ މީހެއްގެ ވާހަކަ އެވެ.
މި ފިލްމުގައި ޔާމީ ގޯތަމް ކުޅެނީ ރިތިކްގެ އަންހެނުންގެ ބައެވެ. އަދި އޭނާ އަކީ ވެސް ލޯއަނދިރި މީހެކެވެ. ފިލްމުގައި ދައްކަނީ އަންހެނުންނަށް މީހަކު ދިން އަނިޔާއެއްގެ ބަދަލުހިފަން ރިތިކްގެ ކެރެކްޓާ ކުރާ މަސައްކަތެވެ.