މިރޭ މުނިޔާ މަގުގެ ބައެއް ގެތަކުން ފެނުގެ ހިދުމަތް ކެނޑޭނެ
މިރޭ މުނިޔާ މަގުގެ ބައެއް ގެތަކުން ފެނުގެ ހިދުމަތް ކެނޑޭނެ

މިރޭ މުނިޔާ މަގުގެ ބައެއް ގެތަކުން ތިން ގަޑިއިރަށް ފެނުގެ ހިދުމަތް ކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނިގޮތުގައި ފެނުގެ ހިދުމަތް މެދު ކެނޑޭނީ ޝަހީދު އަލީ ހިނގުމާއި އިއްޒުއްދީން މަގާ ދެމެދުން މުނިޔާ މަގުގައި ހުރި ގެތަކުންނެވެ. މި ހިދުމަތް މެދުކަނޑާލާނީ މިރޭ ދަންވަރު 11:00ން 1:00 އަށް ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

ފެނުގެ ހިދުމަތް މެދުކަނޑާލަނީ މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓުގެ ދަށުން އެ ސަރަހައްދުގައި ކުރިން އަޅާފައި އޮތް ފެން ހޮޅި އާއި އަލަށް އަޅާ ހޮޅި ގުޅުވުމުގެ މަސައްކަތް ކުރުމަށެވެ.

މީގެ ސަބަބުން އެ ގޭބިސީތަކުގައި ދިރިއުޅޭ މީހުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިއުއެސްސީން ވަނީ މައާފަށް އެދިފައެވެ.