14 މާޗް 2021 - 08:03

ވަރުން ދަވަން ހިމަނައިގެން ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރަން ހަމަޖެހިފައިވާ އާ ފިލްމު "ސާންކީ" ގެ ބަތަލާގެ ރޯލަށް ޕަރިނީތީ ޗޯޕްޅާ ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓްތްތައް ބުނެފި އެވެ.
މި ފިލްމަކީ 2019 ގައި އަކްޝޭ ކުމާރާއި ޕަރިނީތީ ކުޅުނު "ކޭސަރީ" ގެ ޑައިރެކްޓަރު އަނޫރާގް ސިންގް ޑައިރެކްޓްކުރާނެ ކަމަށް ބެލެވޭ އެކްޝަން/ސަސްޕެންސް ޑްރާމާއެކެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ފިލްމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އޭގެ ޓީމުން މިހާރު އަންނަނީ ޕަރިނީތީގެ ތާރީހު ހޯދަން ވާހަކަ ދައްކަމުންނެވެ.
މިހާތަނަށް އަދި ބޮޑު ސްކްރީނުން ޕަރިނީތީ އާއި ވަރުންގެ ޖޯޑު ފިލްމެއްގެ ލީޑުން ފެނިފައި ނުވާތީ "ސާންކީ" އަކީ އާ ޖޯޑެއް ތަޖުރިބާކޮށްލަން ބެލުންތެރިންނަށް ލިބޭނެ ފިލްމެކެވެ. ޕަރިނިތީ ވަނީ 2016 ގެ ފިލްމު "ޑިޝޫމް" ގެ ހާއްސަ ލަވައެއް ވަރުންއާ އެކު ކުޅެފަ އެވެ.
ޕަރިނީތީގެ ދެ ފިލްމެއް މި މަހުގެ ތެރޭގައި ރިލީޒްކުރަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެއީ 19 ގައި ރިލީޒްކުރާ ބްލެކް ކޮމެޑީ "ސަންދީޕް އޯރް ޕިންކީ ފަރާރު" އަދި 26 ގައި ރިލީޒްކުރާ ބައޮގްރަފިކަލް ޑްރާމާ "ސައިނާ" އެވެ. ޕަރިނީތީ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ރަންބީރް ކަޕޫރާ އެކު ކުޅޭ ސަންދީޕް ރެޑީ ވަންގާގެ "އެނިމަލް" ހިމެނެ އެވެ.
ވަރުން މި ވަގުތު އަންނަނީ އަމަރް ކޯޝިކްގެ "ބޭޅިޔާ" ގެ މަސައްކަތްކުރަމުންނެވެ. އެ ފިލްމުގެ މަސައްކަތް އޭނާ ފެށީ ޖެނުއަރީ މަހުގެ 24 ގައި ކައިވެނިކުރުމުގެ ކުރިން ރާޖް މެހެތާގެ "ޖުގް ޖުގް ޖިއޯ" ގެ ޝޫޓިން ވެސް ނިންމާލައިފަ އެވެ.
ވަރުން ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ސްރީރާމް ރަގްވަންގެ "އެއްކީސް" ހިމެނެ އެވެ.