11 މާޗް 2021 - 22:23
ކޮވިޑު-19 އިން އިތުރު 161 މީހަކު ރަނގަޅުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު 6:00 އާ ހަމައަށް 3،059 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ކޮވިޑު ބަލި ޖެހިފައިވަނީ 124 މީހަކަށެވެ.
އެންމެ ފަހުން ހެދި ޓެސްޓުތަކުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުން 100 މީހަކާއި އެހެން ރަށްރަށުން 13 މީހެއް އަދި ރިސޯޓުތަކުން 11 މީހަކު ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އެއާއެކު، ބަލި ޖެހުނު މީހުންގެ މީހުންގެ ޖުމުލަ އަދަދު 21،268 އަށް އެރީ އެވެ.
ބަލިން 161 މީހަކު ރަނގަޅުވެފައިވާތީ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 2،502 އަށް މަދުވެފައި ވެ އެވެ. ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު ވެސް 157 އަށް މަދުވެފައި ވެ އެވެ.