މިއަންމާގެ ބަޣާވާތުގެ މިނިސްޓަރަކަށް ދައުވަތު ދިނުމުން ލަންކާ އަށް ފާޑުކިޔުން
މިއަންމާގެ ބަޣާވާތުގެ މިނިސްޓަރަކަށް ދައުވަތު ދިނުމުން ލަންކާ އަށް ފާޑުކިޔުން

ކޮލަމްބޯ (މާޗް 11) - މިއަންމާގެ ބަޣާވާތުގެ ސަރުކާރުގެ ފޮރިން މިނިސްޓަރަށް ސަރަހައްދީ ބައްދަލުވުމަކަށް ސްރީ ލަންކާ އިން ދައުވަތު ދިނުމުން އެ ގައުމުން ފާޑުކިޔަން ފަށައިފި އެވެ.

މިއަންމާގެ ބަޣާވާތުގެ މިނިސްޓަރަކަށް ދައުވަތު ދިނުމުން ލަންކާ އަށް ފާޑުކިޔުން
މިއަންމާގެ ބަޣާވާތުގެ މިނިސްޓަރަކަށް ދައުވަތު ދިނުމުން ލަންކާ އަށް ފާޑުކިޔުން

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައި ވަނީ ބޭ އޮފް ބެންގާލް އިނިޝިއޭޓިވް ފޯ މަލްޓި-ސެކްޓޯރަލް ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަންގެ ބައްދަލުވުމަށް މިއަންމާގެ ބަޣާވާތުގެ ވެރިކަމުގެ ޚާރިޖީ ވަޒީރު ވުންނާ މައުންގް ވިން އަށް ދައުވަތު ދިނުމަކީ މިއަންމާ އަށް ގެނައި ބަޣާވާތަށް ލަންކާ އިން ތާއިދު ކުރުން ކަމަށެވެ. އެޕްރީލް 1 ގައި އެ ބައްދަލުވުން ބާއްވާނީ ވާޗުއަލްކޮށެވެ. ފެބްރުއަރީ 1 ވަނަ ދުވަހު މިއަންމާ ސިފައިން ގެނައި އަސްކަރީ ބަޣާވާތަށް ދުނިޔޭގެ އެއްވެސް ގައުމަކަށް ތާއީދުކޮށްފައެއް ނުވެ އެވެ. ނަމަވެސް ބަޣާވާތުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު ވަނީ ސަރަހައްދީ ގައުމުތަކުގެ މިނިސްޓަރުންނާ ވާޗުއަލްކޮށް ބައްދަލުކޮށްފަ އެވެ.

ލަންކާގެ ފޮރިން މިނިސްޓްރީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެންމެ ބޮޑަށް ފާޑުކިޔަމުން ދަނީ މިއަންމާގެ އެކި ފަރާތްތަކުންނެވެ.

ދައުވަތާ ގުޅޭ ގޮތުން ލަންކާގެ ފޮރިން މިނިސްޓްރީ ވަކިއެއްޗެއް ނުބުނެ އެވެ. ލަންކާ އާއި މިއަންމާ އަކީ ގާތް ގުޅުން އޮންނަ ދެ ގައުމެވެ. ދައުވަތުގެ ކުރިން ލަންކާގެ އެކްޓިވިސްޓުންތަކެއް ވަނީ ކޮލަމްބޯގައި ހުންނަ މިއަންމާ އެމްބަސީ ބޭރުގައި ބަޣާވާތާ ދެކޮޅަށް ބުދަ ދުވަހު މުޒާހަރާކޮށްފަ އެވެ.

ބަޣާވާތަށް ފަހު މިއަންމާ އިން ހައްޔަރުކުރި މީހުންގެ އަދަދު ވަނީ 2،000 އަށް އަރައިފަ އެވެ. އަދި މުޒާހަރާތަކުގައި ސިފައިން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ވަނީ 20 މީހުން މަރުވެފަ އެވެ.