އެމްޑީޕީގެ ޕީޖީ ލީޑަރު އާޒިމް ކޮވިޑަށް ޕޮޒިޓިވްވެއްޖެ
އެމްޑީޕީގެ ޕީޖީ ލީޑަރު އާޒިމް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެ އިދާރާގެ ކޮމިއުނިކޭޝަން އެންޑް މީޑިއާ ޑިރެކްޓާ ހަސަން ޒިޔާއު މިއަދު ވިދާޅުވީ، އާޒިމް ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ކަމަށެވެ.

އެކަމަކު، އާޒިމްގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މަޖިލީހުގެ މެމްބަރަކު އަދި މުވައްޒަފަކު ވެސް ނުހިމެނޭ ކަމަށް ޒިޔާއު ވިދާޅުވި އެވެ.

އާޒިމްގެ ހާލު ރަނގަޅެވެ. މިވަގުތު ހުންނެވީ ހޯމް ކަރަންޓީނުގަ އެވެ.

ރާއްޖޭގައި މިހާތަނަށް 21،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑު ޖެހިފައިވާއިރު އެ ބަލީގައި 64 މީހަކު މަރުވެފައި ވެ އެވެ.

އެކްޓިވް ކޭސްތައް މިހާރު ވަނީ 2،542 އަށް އަރައިފަ އެވެ.