ސަލްމާނާއި އިއުލިއާ ވަންތޫރުގު ގުޅުމަކަށް ވީ ކިހިނެއް؟
ސަލްމާނާއި އިއުލިއާ ވަންތޫރުގު ގުޅުމަކަށް ވީ ކިހިނެއް؟

ސަލްމާން ޚާނާއި އޭނާގެ ރޫމޭނިޔާ ލޯބިވެރިޔާ އިއުލިއާ ވަންތޫރު ރުޅިވި ވާހަކަ ފަހަކަށް އައިސް ވަރަށް ގަދަޔަށް ދެކެވެ އެވެ. ނަމަވެސް ދެ މީހުން ރުޅިވި ސަބަބެއް ނޭނގެ އެވެ.

ސަލްމާނާއި އިއުލިއާ ރައްޓެހިވެގެން އުޅޭ ކަމަށް ވެސް އެއްބަސް ނުވާއިރު ރުޅިވީ ކަމަށް އެއްބަސްވާނީ ކިހިނެއްތޯ އިންޑިއާގެ ފިލްމީ ޚަބަރުތައް ލިޔާ ބައެއް ނޫސްތަކުން ސުވާލު އުފައްދަ އެވެ.

ސަލްމާންގެ އާއިލާގެ މީހުންނާއި އިއުލިއާގެ ގުޅުން ވަރަށް ރަނގަޅު ނަމަވެސް އެއިން އެއްވެސް މީހަކު ވެސް އިއުލިއާ އާއި ސަލްމާންގެ މެދުގައި ޖެހުނު މައްސަލައާ ބެހޭ ގޮތުން ވާހަކައެއް ނުދެއްކި އެވެ. ނަމަވެސް ޔަގީންވާ ކަމަކީ ސަލްމާންގެ ގޭގައި އެތައް މަހެން ވަންދެން އުޅުނު އިއުލިއާ ކުއްލިއަކަށް ފުރައިގެން އަމިއްލަ ގައުމަށް ގޮސްފައިވާ ކަމެވެ. އަދި އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއްވެސް ނުވާ ކަމަށް ވެއެވެ.

އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި އިއުލިއާ އާއި ސަލްމާންގެ މެދުގައި ޖެހުނު މައްސަލައަކީ ދެ މީހުންގެ ދިރިއުޅުމާއި ސަގާފަތުގައި ހުރި ތަފާތުތަކަށް ހޭނެން އުނދަގޫވުމާއި ޖަޒުބާތީ ގޮތުން ދެމީހުންގެ ހުރި ތަފާތެވެ.

ސަލްމާންގެ އާއިލާގެ މެންބަރުންނާ ގުޅިގެން އުޅެން އިއުލިއާ ކިތަންމެ މަސައްކަތްކުރިޔަސް އޭނާގެ ދިރިއުޅުމުގެ އާދަތަކާއި އިންޑިއާގެ މީހުންގެ އާދަތަކުގައި ހުރި ތަފާތު ކުޑަ ކުރެވޭގޮތް ނުވިކަމަށްވެ އެވެ. އެހެންކަމުން ސަލްމާން ކައިވެނި ކުރާތަން ދެކެން ބޭނުންވާ މީހުން އަނެއްކާވެސް ކުރަން ޖެހޭ އިންތިޒާރު ދިގުވީ ކަމަށް ބެލެވެ އެވެ.