ބޯޓު އެ އޮތީ ވައިގެ ތެރޭގައި؛ ކީއްވެ؟
ބޯޓު އެ އޮތީ ވައިގެ ތެރޭގައި؛ ކީއްވެ؟

މި ފޮޓޯ އަށް ބަލާއިރު ބޮޑު ބޯޓެއް އެ ފެންނަނީ ކަނޑުގައި ނުޖެހި ވައިގެ ތެރޭގައި އޮއްވައި ނޫންހެއްޔެވެ؟ މިއީ ފޮޓޯ އެޑިޓްކޮށްގެން ހަދާފައިވާ ގޮތެއް ނޫނެވެ.

އިންގްލެންޑުގެ ވިލެޖެއްގައި އުޅޭ މީހެއް ކަމަށްވާ ޑޭވިޑް މޮރިސް އަށް ފެނުނު މި މަންޒަރާ އެކު އޭނާ އެ އޮތީ ފޮޓޯ ނަގައި އަހަރެމެން އެންމެންނަށް ފެންނަ ގޮތް ހަދައިދީފަ އެވެ. ކަނޑު އުޅަނދުތައް ވައިގެ ތެރޭގައި އޮއްވައި ފެނުމަކީ މޫސުމީ ކަމަކުން ދިމާވާ ގޮތެކެވެ.

ބީބީސީ ނިއުސްގެ މީޓިއޮރޮލޮޖިސްޓް ޑޭވިޑް ބްރެއިން ވަނީ މިކަން ދިމާވާ ގޮތް ކިޔައިދީފަ އެވެ.

ބޯޓު ވައިގެ ތެރެއަށް އަރަނީއެއް ނޫނެވެ. މި ހާލަތަށް ކިޔަނީ "ސުޕީރިއާ މިރާޖް" އެވެ. މިއީ އެހެން ހިސާބުތަކަށް ވުރެ ގިނައިން، ފިނި ގަދަ އާކްޓިކް ސަރަހައްދުގައި ފެންނަ ކަމެކެވެ.

"ސުޕީރިއާ މިރާޖެއް އުފެދެނީ އުސްމިން ނުވަތަ ފުންމިނުން ފިނިހޫނުމިނަށް އަންނަ [ޓެމްޕަރޭޗާ އިންވާޝަން] ބަދަލުތަކާ އެކުގައި. މިހެން ދިމާވާނީ ފިނި ވައި ހުންނާނީ ކަނޑުގެ ލޮނުގަނޑާ އެންމެ ގާތުގައި. އަދި ހޫނު ވައި ހުންނާނީ އޭގެ މަތީގައި،" ބްރެއީން އޮޅުންފިލުވައިދިނެވެ. "ފިނި ވައި، ހޫނު ވަޔަށް ވުރެ ބަރުކޮށް ހުންނާތީ އެ ދިމާލަށް ބަލަށް ހަމަ ބިމުގައި ދުރުގައި ހުންނަ މީހަކާ ހިސާބަށް އަލި ދަތުރުކުރާނީ ސީދަލަކަށް ނޫން. ގުދު ބައްޓަމަކަށް އަލި ދަތުރުކުރުމުން، ދުރުގައި އޮންނަ އެއްޗެއް ފެންނަ ގޮތް ތަފާތުވާނެ."

ބްރެއީން ކިޔައިދިން ގޮތުގައި މި ހާލަތުގައި، ފެންމަތީގައި އޮންނަ އެއްޗެއް ވައިގެ ތެރޭގައި އޮންނަ ގޮތަށް ފެނުމުގެ އިތުރުން އެ އެއްޗެއް އެއްގޮތަކަށް ވެސް ނުފެންނަ ހާލަތެއް ވެސް މެދުވެރިވެދާނެ އެވެ. އެއީ މަތިން ހިޔަނި ފެނުމުގެ ބަދަލުގައި ދަށަށް ހިޔަނި ދިއުމުންނެވެ.

މީގެ ކުރިން ވެސް މިގޮތަށް ވައިގެ ތެރޭގައި ކަނޑު އުޅަނދުތައް ހުއްޓާ މީހުން ފެނިފައިވެ އެވެ. ނަމަވެސް މިފަހަރު ނަގާފައިވާ ފޮޓޯ އަކީ މިހާތަނަށް ފެނުނު މިފަދަ އެންމެ ސާފު ފޮޓޯ އެވެ.