07 މާޗް 2021 - 23:09

ކޮވިޑް-19 އަށް މިއަދު 131 މީހަކު ރާއްޖެއިން ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 92 މީހަކު ޕޮޒިޓިވްވީ މާލެ ސަރަހައްދުން ކަމަށެވެ. ރިސޯޓްތަކުން 29 މީހަކު ޕޮޒިޓިވްވިއިރު، އަތޮޅު ތެރޭގެ ރަށްރަށުން 10 މީހަކު ޕޮޒިޓިވްވި ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 20،700 އަށް އަރައިފަ އެވެ. އޭގެ ތެރެއިން 18،124 މީހަކު ރަނގަޅު ވެފައިވާތީ މިވަގުތު ފަރުވާ ދެމުން އަންނަނީ 2،599 މީހަކަށެވެ. އޭގެ ތެރެއިން 166 މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ.
ކޮވިޑް-19 ގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 64 އަށް މިހާރު ވަނީ އަރައިފަ އެވެ.