ރޭސުޓް އިން ބާޒާރަށް އިތުރު ދެ ކޮލިޓީއެއްގެ ސިމެންތި!
ރޭސުޓް އިން ބާޒާރަށް އިތުރު ދެ ކޮލިޓީއެއްގެ ސިމެންތި!

"ރޭސުޓް" ބްރޭންޑްގެ އިތުރު ދެ ކޮލިޓީއެއްގެ ސިމެންތި ރޭސުޓް މޯލްޑިވްސް އިން ބާޒާރަށް ތައާރަފްކޮށްފި އެވެ.

ރޭސުޓް އިން ބާޒާރަށް އިތުރު ދެ ކޮލިޓީއެއްގެ ސިމެންތި!
ރޭސުޓް އިން ބާޒާރަށް އިތުރު ދެ ކޮލިޓީއެއްގެ ސިމެންތި!

އެއީ އޯޕީސީ އެން 42 ގްރޭޑް އާއި ސަލްފޭޓް ރެސިސްޓެންސް ސިމެންތި (އެސްއާރްސީ) އެކެވެ.

ރޭސުޓް އިން ބާޒާރަށް އިތުރު ދެ ކޮލިޓީއެއްގެ ސިމެންތި!
ރޭސުޓް އިން ބާޒާރަށް އިތުރު ދެ ކޮލިޓީއެއްގެ ސިމެންތި!

ރޭސުޓް މޯލްޑިވްސް އަކީ އޮމާންގެ ކުންފުންޏެއް ކަމަށްވާ ރޭސުޓް ސިމެންޓް ކޮމްޕެނީ އާއި އެސްޓީއޯ އާ އެކު ހަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏެކެވެ. މި ކުންފުނިން ރާއްޖޭގެ ބާޒާރަށް ސިމެންތި ތައާރަފްކޮށް ވިއްކަން ފެށީ 1999 ވަނަ އަހަރު އެވެ. ރޭސުޓް އިން އޮމާން އާއި ޔަމަން އަދި ޔޫއޭއީގައި ވެސް އަންނަނީ ސިމެންތި އުފެއްދަމުންނެވެ. އަހަރެއްގެ ތެރޭ އެވްރެޖްކޮށް 10 މިލިއަން ޓަނުގެ ސިމެންތި އެ ކުންފުނިން އުފައްދަ އެވެ.

ރޭސުޓް އިން ބާޒާރަށް އިތުރު ދެ ކޮލިޓީއެއްގެ ސިމެންތި!
ރޭސުޓް އިން ބާޒާރަށް އިތުރު ދެ ކޮލިޓީއެއްގެ ސިމެންތި!

އޯޕީސީ އެން 42.5 ކުއަލިޓީގެ ސިމެންތި ހާއްސަކޮށްފައިވަނީ ކުދި އަދި މެދުފަންތީގެ ޕްރޮޖެކްޓްތަކަށެވެ. މިއީ 47-51 އެމްޕީއޭ ގެ ކޮންޕްރިހެންސިވް ސްޓްރެންތް ހުންނަ ސިމެންތި އެކެވެ. މި ކޮލިޓީގެ 50 ކިލޯ އާއި 100 ކިލޯގެ ސިމެންތި ބަސްތާ ލިބޭނެ އެވެ.

އެސްއާރްސީ ސިމެންތި ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް އަންނަނީ ބޭނުން ކުރަމުންނެވެ. އެގޮތުން ފެނުގެ އަސަރު ކުރާ ސަރަހައްދުތަކުގައި އަދި ލޮނުގެ އަސަރު ހުންނަ ސަރަހައްދުގައި ހަދާ އިމާރާތްތަކުގައި ވެސް މި ސިމެންތި ބޭނުން ކޮށްލެވޭނެ އެވެ. އެހެންކަމުން އެސްއާރްސީ އަކީ ޖެޓީ އާއި ވޯޓާ ބަންގްލޯ އާއި ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓާއި ޑީސެލިނޭޝަން ޕްލާންޓާއި ހާބަރު ފަދަ ތަންތަން ހެދުމުގައި ބޭނުން ކޮށްލަން އެންމެ ރަނގަޅު ސިމެންތި އެވެ.

މި ސިމެންތިއާ އެކު ކޮންޓްރެކްޓަރުންނަށް ފަސޭހަ ކަމާ އެކު ކޮލިޓީ ރަނގަޅު އެކި ގްރޭޑްގެ ސިމެންތި އަތްފޯރާފަށުން ލިބިގެން ދާނެ އެވެ.

ރޭސުޓް ސިމެންޓް ކޮމްޕެނީގެ ސީއީއޯ ޖޯއީ ގޯސް ވިދާޅުވީ، އެކުންފުނިން އިތުރު އުފެއްދުންތައް ތައާރަފް ކުރުމުގެ ސަބަބުން މުޅިން ތިން ގްރޭޑެއްގެ ސިމެންތި ލިބެން ހުންނާނެ އެވެ. އޭގެ ސަބަބުން ކަސްޓަމަރުންނަށް ބޭނުންވާ ކޮލިޓީ އިހްތިޔާރު ކުރުމަށް ރަނގަޅު ފުރުސަތެއް ލިބޭނެ އެވެ.

"ރޭސުޓްގެ ތިން އުފެއްދުމަކީ ރާއްޖޭގައި މި ބްރޭންޑްގެ ފެށުން. ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ސިމެންތި މާކެޓް ބަލައި ބޭނުންވާ އިތުރު ކޮލިޓީ އުފެއްދުންތައް ވެސް ތައާރަފްކުރާނަން،" އޭނާ ވިދާޅުވި އެވެ.

އޯޕީސީ 42.5 އެން ކޮލިޓީ އާއި އެސްއާރްސީގެ އިތުރުން އޯޕީސީ 42.5 އާރު ކުއަލިޓީގެ ސިމެންތި ވެސް އަންނަނީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. މިއީ އެސްޓީއޯގެ ޕަވާމިކްސް ބޭނުންކޮށްގެން އުފައްދާ ކޮންކްރީޓް އުފެއްދުމަށް ވެސް ބޭނުންކުރާ ސިމެންތި އެވެ.

ރޭސުޓް އިން ބާޒާރަށް އަލަށް ނެރުނު ސިމެންތި މިއަދުން ފެށިގެން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވެސް ލިބޭނެ އެވެ.