ބާޒާރުމަތީގެ ފަސް ފިހާރައެއް ފަޅާލައިފި
ބާޒާރުމަތީގެ ފަސް ފިހާރައެއް ފަޅާލައިފި

ބާޒާރުމަތީގެ ފަސް ފިހާރައެއް ރޭގެ ވަގުތެއްގައި ފަޅާލައިފި އެވެ.

ނޯތު ހާބަރާއި ދަތުރުވެރިންގެ މާރުކޭޓާ ދެމެދުގައި ހުންނަ ފިހާރަ ބަރީގެ ފަސް ފިހާރައެއް ފަޅާލިކަން އެނގުނީ މިއަދު ހެނދުނު އެ ތަންތަން ހުޅުވަން ދިޔައިރު ކަމަށް ބައެއް ފިހާރަތަކުން ވާހަކަ ދެއްކި މީހުން ބުންޏެވެ.

ފަޅާލި ފިހާރައަކުން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ފިހާރަ އިން ގެންދިޔައީ އެކްސެލް ކޭސްތަކެއް ކަމަށެވެ. ބައެއް ފިހާރަތަކުން ފައިސާ ވެސް ވަގަށް ނަގާފައިވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފިހާރަތަކަށް ވަދެފައިވަނީ ފުރާޅުގެ ޓިނުތައް ނައްޓާލައިގެންނެވެ. ބާޒާރުމަތީގައި ހުންނަ ފިހާރަތަކަކީ ގުޅިފައި ހުންނަ ތަންތަނަށް ވުމުން އެއް ފިހާރައިގެ ޓިނު ނެގުމަށް ފަހު އަނެއް ފިހާރައިގެ ޕާޓިޝަން ފަޅާލައިގެން ވެސް ވަދެފައިވާ ކަމަށް އޭނާ ބުންޏެވެ

މިކަމާ ބެހޭ ގޮތުން ފުުލުހުން އަދި ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ފަޅާލި ފިހާރަތަކަށް ފުލުހުން ގޮސް މިހާރު ވަނީ ތަހުގީގު ފަށައިފަ އެވެ.