ކޮވިޑު-19: 4،300 ސާމްޕަލް، ޕޮޒިޓިވް ކޭސް 100 އިން ދަށަށް
ކޮވިޑު-19: 4،300 ސާމްޕަލް، ޕޮޒިޓިވް ކޭސް 100 އިން ދަށަށް

ކޮވިޑު-19 އަށް ޓެސްޓުކުރި 4،000 އަށް ވުރެ ގިނަ ސާމްޕަލްގެ ތެރެއިން ބަލި ޖެހުނު މީހުންގެ އަދަދު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 100 އަށް ވުރެ ދަށްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ އިއްޔެ ހަވީރު 6 އިން މިއަދު ހަވީރު 6 ޖެހުމާ ހަމައަށް 4،318 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ އެ އިދާޜާ އިން ބުނިގޮތުގައި، މާލެ ސަރަހައްދުން 78 މީހަކާއި އެހެން ރަށްރަށުން ހަ މީހަކާއި ރިސޯޓުތަކުން 14 މީހެކެވެ.

އެއާއެކު، މުޅި ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ އަދަދު 20،663 އަށް އެރީ އެވެ.

ކޮވިޑުން އިތުރު 143 މީހަކު ރަނގަޅުވެފައިވާތީ އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 2،613 ގަ އެވެ.

ބަލި ފެތުރުން ކޮންޓްރޯލުގައި އޮތުމަށްފަހު ކޮވިޑު ޖެހޭ މީހުންގެ އަދަދު މި ވަނީ އަނެއްކާ ވެސް އިތުރުވާން ފަށައިފަ އެވެ. ފާއިތުވި އެއް މަހުގެ ތެރޭގައި، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވެސް ހުރީ 100 އިން މަތީގަ އެވެ.