އިދިކޮޅު މުޒާހަރާ ރޫޅާލައި 31 މީހުން ހައްޔަރުކޮށްފި
އިދިކޮޅު މުޒާހަރާ ރޫޅާލައި 31 މީހުން ހައްޔަރުކޮށްފި

އިދިކޮޅު ޕީޕީއެމުން ކޮންމެ ހުކުރު ދުވަހަކު ސިލްސިލާކޮށް ކުރަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން މިއަދު ކުރި މުޒާހަރާ ފުލުހުން ރޫޅާލައި އޭގެ ތެރެއިން 31 މީހުން ހައްޔަރުކޮށްފި އެވެ.

އިދިކޮޅު މުޒާހަރާ ރޫޅާލައި 31 މީހުން ހައްޔަރުކޮށްފި
އިދިކޮޅު މުޒާހަރާ ރޫޅާލައި 31 މީހުން ހައްޔަރުކޮށްފި

މުޒާހަރާ ރޫޅައިލުމުގެ ތެރޭގައި 31 މީހުން ހައްޔަރުކޮށްފައިވާކަން ފުލުހުންގެ މީޑިއާ އޮފިޝަލު ކަށަވަރުކޮށްދެއްވި އެވެ. އިދިކޮޅު މުޒަހާރާގައި އިސްކޮށް އުޅުއްވި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއް ލަތީފް ،މުހައްމަދު "މިހާރު" އަށް ވިދާޅުވީ މުޒާހަރާގެ ބައިވެރިން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރިގޮތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެހާ ވަރަށް ބާރުގެ ބޭނުން ނުކޮށް ވެސް ފުލުހުންނަށް މުޒާހަރާ ހުއްޓުވޭނެ ކަމަށެވެ. ހައްޔަރުކުރުމުގެ ތެރޭގައި މުޒާހަރާގެ ބައިވެރިންނަށް ފުލުހުން އަނިޔާކުރި ކަަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

އިދިކޮޅު މުޒާހަރާ ރޫޅާލައި 31 މީހުން ހައްޔަރުކޮށްފި
އިދިކޮޅު މުޒާހަރާ ރޫޅާލައި 31 މީހުން ހައްޔަރުކޮށްފި

"ކޮވިޑް ފެތުރޭތީ އެޗްޕިއޭގެ ގައިޑްލައިނާ އެއްގޮތަށް، ގައިދުރުކުރާށޭ މިބޭފުޅުން ވިދާޅުވަނީ އެކަމަކު މީހުން ހައްޔަރުކުރާ އިރު ދިހަ ބާރަ މީހުން ވެހިކަލްތަކަށް ތޮއްޖައްސައިގެން ވަރަށް އިހާނެތިކޮށް އެ ގެންދިޔައީ،" އޭނާ ވިދާޅުވި އެވެ.

މުޒާހަރާ ރޫޅައިލުމުގައި މީހުން ހައްޔަރުކުރުމުގައި މީހުންނަށް އަނިޔާވި ކަމަށް އިދިކޮޅުން ތުހުމަތު ކުރިޔަސް، އެކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ރަތް ހެދުމުގައި ގައުމީ ދިދަ ހިފައިގެން ފެށި މުޒާހަރާ ހުއްޓުވަން ފުލުހުން ވަނީ މުޒާހަރާ ފެށުމުގެ ކުރިން، އާޓިފިޝަލް ބީޗް ކައިރީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމް އޮފީސް ސަރަހައްދުގައި ބެރިކޭޑް ޖަހައި ބަންދުކޮށްފަ އެވެ. ޕީޕީއެމް އޮފީހަށް ދެވެން ހުރި މަގުތައް ބަންދުކޮށް ފުލުހުން ގެންދަނީ އެ ސަރަހައްދު ބަލަހައްޓަމުންނެވެ.

ސުލްހަވެރިކޮށް އެއްވެެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައިވާ ގޮތުން، އިތުރު ހުއްދައެއް ނުހޯދާ ސިޔާސީ ހަރަކާތްތައް ބޭއްވޭނީ ކާނިވާ ސަރަހައްދުގަ އެވެ. ޕީޕީއެމްގެ ވެރިކަމުގައި ގާނޫނަށް ގެނައި މި ބަދަލު މި ސަރުކާރުން އުވާލާނެ ކަމަށް ބުނި ނަމަވެސް އަދިވެސް އޮތީ އެ ގޮތަށެވެ. ނަމަވެސް މިހާރު މުޒާހަރާކުރުން މަނާކުރާ އެންމެ ބޮޑު ސަބަބަކަށް ވެފައި ވަނީ ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކެވެ.

މިދިޔަ ހަފްތާގައި ކުރި މުޒާހަރާގެ ތެރެއިން 30 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޖޫރިމަނާކުރި އެވެ. އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.