ސުނިލް ޝެޓީ ކުޅޭ ފިލްމެއް ކަމަށް ބުނެ ފޭކް ޕޯސްޓަރެއް ހެދި މައްސަލަ ޕޮލިހަށް
ސުނިލް ޝެޓީ ކުޅޭ ފިލްމެއް ކަމަށް ބުނެ ފޭކް ޕޯސްޓަރެއް ހެދި މައްސަލަ ޕޮލިހަށް

ސުނިލް ޝެޓީގެ ފޮޓޯއެއް ހިމަނައިގެން "ވިނީތާ" ކިޔާ ފިލްމެއް ޕްރޮމޯޓްކޮށް، ބަޔަކު މާލީ މަންފާތަކެއް ހޯދަމުން ދިޔަ މައްސަލައެއް ފުލުުހުންނަށް ހުށަހަޅައިފި އެވެ.

ސުނިލް ޝެޓީ ކުޅޭ ފިލްމެއް ކަމަށް ބުނެ ފޭކް ޕޯސްޓަރެއް ހެދި މައްސަލަ ޕޮލިހަށް
ސުނިލް ޝެޓީ ކުޅޭ ފިލްމެއް ކަމަށް ބުނެ ފޭކް ޕޯސްޓަރެއް ހެދި މައްސަލަ ޕޮލިހަށް

މިކަމާ ބެހޭ ގޮތުން ސުނިލް ޝެޓީ ބުނީ އެ ފިލްމަކީ އޭނާއާ އެއްވެސް ގުޅުމެއް އޮތް އެއްޗެއް ނޫން ކަމަށާއި "ވިނީތާ" ކިޔާ ފިލްމަކީ ދެނަހުރި ކަމެއް ވެސް ނޫން ކަމަށެވެ. އަދި އެ މައްސަލަ ސަމާލުކަމަށް އައީ ރައްޓެއްސެއްގެ ފަރާތުން ކަމަށާއިި ވަގުތުން އެ މައްސަލަ މުމްބާއީގެ ވާސޯވާ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ބުންޏެވެ.

"އަހަންނަށް ނުވެސް އެނގި އަހަރެންގެ ފޮޓޯ ހިމަނައިގެން ފިލްމެއްގެ ޕޯސްޓަރެއް ހަދައި އާންމުކޮށް އެ ޕްރޮމޯޓްކުރަނީ ބަޔަކު ނާޖާއީޒު ގޮތުގައި މާލީ މަންފާތަކެއް ހޯދުމުގެ ނިޔަތުގައި. މިއީ އަސްލު ވަރަށް ސީރިއަސް މައްސަލައެއް،" ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އެކްޓަރު ބުންޏެވެ.

ސުނިލް ޝެޓީ ބުނި ގޮތުގައި "ވިނީތާ" ގެ ޕޯސްޓަރުން ދެން އެންމެ އަޅައިގަތް އެއް ކަމަކީ އެ ފިލްމު ގެނެސްދޭ ޕްރޮޑަކްޝަން ހައުސްގެ ނަމެވެ. އެއީ ބާލާޖީ މީޑިއާ ފިލްމްސް ޕްރައިވެޓް ލިމިޓެވެ. ބާލާޖީ އަކީ މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރްގެ ފިލްމު ކުންފުންޏަށް ކިޔާ ނަމެވެ. އެކަމަކު "ވިނީތާ" އަކީ އެކްތާގެ ޕްރޮޑަކްޝަނުން ހައުސް އިން ވެސް ދެނަހުރި ފިލްމެއް ނޫނެވެ.

"ޕޯސްޓަރު ފެނިފައި ވަރަށް ގިނަ ބަޔަކު ގަބޫލުކުރާނެ މިއީ އަހަރެން އެކްތާގެ ކުންފުންޏަށް ކުޅޭ ފިލްމެކޭ ވެސް. އެހެންވީމާ މިފަދަ ގޮތްގޮތަށް މަކަރާއި ހީލަތް ހަދައި އާންމުން އޮޅުވާލައި އަދި ބަޔަކު ނާޖާއީޒު ފައިދާ ނަގަން މަސައްކަތް ވަރަށް ބޮޑު މައްސަލައެއް،" ދަޅުކަންގެ ބަތަލު ބުންޏެވެ. "މިފަދަ ކަންކަންކުރާ މީހުންގެ މައްސަލަތައް ބަލައި ޖަލަށް ވެސް ލާން ޖެހޭނެ. އަހަރެން ވަރަށް އުންމީދުކުރަން ސައިބް ކްރައިމް ސެލް އިން މި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށް."

"ވިނީތާ" ގެ ޕޯސްޓަރުގައި ބުނެފައިވާ ގޮތުގައި އެ ފިލްމުގެ ޑައިރެކްޓަރަކީ އަރިޖިތު ޗެޓަޖީ އެވެ. އަދި ޕްރަޝާންތު ރާޖް ސިންގްގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމުގެ ޕްރޮޑިއުސަރަކީ އަމަންޕްރީތު ކޯރް އެވެ.

"ވިނީތާ" ގެ ޓެގް ލައިނަކަށް އިނީ "މެރިޒް އިޒް ބިލީފް ނޮޓް ކޮންޓްރެކްޓް" އެވެ.

ސުނިލް ޝެޓީގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 19 ގައި ރިލީޒްކުރާ "މުމްބާއީ ސާގާ" އެވެ.