ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެއްޖެ
ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން އައި ދިވެހި ފިރިހެނަކު މިރޭ މަރުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެނިކޮށް މަރުވީ 78 އަހަރުގެ މީހެއް ކަމަށެވެ. އޭނާއަކީ އެނގިފައިވާ ގޮތުގައި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އައި މީހެކެވެ.

މިއީ ރާއްޖެ އިން ކޮވިޑް-19 ގައި މަރުވި 64 ވަނަ މީހާ އެވެ.

މި ބަލީގައި ރާއްޖޭގެ ހާލަތު ގޯސްވެފައިވާތީ ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ. އެކަމަކު ވެސް ބަލި ކޮންޓްރޯލް ނުވެ ކޮންމެ ދުވަހަކު ވެސް ޕޮޒިޓިވްވާ ރޭޓު އުޅެނީ 100 އިން މަތީގަ އެވެ. އެކްޓިވް ކޭސްތައް އުޅެނީ 20،000 އިން މަތީގަ އެވެ.