ބީއެމްއެލްގެ ކޮވިޑް ލޯނުތަކުގެ ގްރޭސް ޕީޑިއަޑަށް އެއް އަހަރު
ބީއެމްއެލްގެ ކޮވިޑް ލޯނުތަކުގެ ގްރޭސް ޕީޑިއަޑަށް އެއް އަހަރު

ކޮވިޑްގެ ސަބަބުން ކުރިމަތިވި މާލީ ދަތިކަމަށް އެހީވުމަށް ބީއެމްއެލް މެދުވެރިކޮށް ދޫކުރި ލޯނުތައް އަނބުރާ ދެއްކުމުގެ މުއްދަތު ފިނޭންސް މިނިސްޓްރީން އިތުރުކޮށްދީފި އެވެ.

އެންމެ ފުރަތަމަ ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކަށް ލޯނު ދޫކުރީ ހަ މަހުގެ ގްރޭސް ޕީރިއަޑާ އެކު އެވެ. އަލަށް ގެނައި ބަދަލާ އެކު އިތުރު ހަ ހަމައަށް ލޯނު ނުދައްކާ މަޑުކުރެވޭނެ އެވެ.

ގްރޭސް ޕީރިއަޑަށް އިތުރުކުރަން ބޭނުންވާ ފަރާތްތަކުން މި މުއްދަތު ހަމަ ވުމުގެ 30 ދުވަސް ކުރިން މުއްދަތު އިތުރުކުރަން ބޭނުންވާކަން ބީއެމްއެލް އަށް އީމެއިލްކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފަ އެވެ. ލޯނު ސްކީމުގެ ދަށުން ލިބޭ ހަ މަސް ދުވަސް ހަމަވެފައި ނުވަތަ ހަމަވަން 30 ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، އަންނަ މަހުގެ 1 ވަނަ ދުވަހުގެ ކުރިން ބީއެމްއެލްއަށް އެންގުމަށް ވެސް އެދިފައިވެ އެވެ. އީމެއިލް ކުރާނީ[email protected]އަށެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވި އުނދަގޫ ހާލަތުން އަރައިގަތުމަށް ވޯކިން ކެޕިޓަލްގެ ގޮތުގައި ލޯނު ދޫކޮށްފައިވެ އެވެ. މިހާތަނަށް ބީއެމްއެލް އިން 602 ފަރާތަކަށް 580 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވެ އެވެ.